ލައިފްސްޓައިލް

އަވި އައިނު އަޅަނީ ކޮންބައެއް؟ ދުވާލުގެ މި ވަގުތުގައި ދެން އަވި އައިނު ނާޅާތި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގިނަ ބަޔަކު އަވި އައިނު އަޅައި އުޅެނީ ރީއްޗަކަށް ކަމުގައިވީ ނަމަވެސް އިރުގެ ބާރުގަދަ ދޯދިތަކުން ލޯ ސަލާމަތް ކުރުމަށްޓަކައި ވެސް އަވިއައިނު އަޅައި މީހުން އުޅެއެވެ. އިރުގެ އަލިން އަންނަ ބާރުގަދަ ދޯދިތައް ކަމަށްވާ "އަލްޓްރާ ވައިލެޓް ރޭޒް" އަކީ ލޮލަށް ވަރަށް ގެއްލުންދޭ ދޯދި ތަކެކެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ނަންބަރު އައިނު އަޅާ ފަރާތްތައް މި ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ޔޫއެސް ނޭޝަނަލް އައި އިންސްޓިޓިިއުޓް އިންް 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ވަނީ ސާބިތުވެފައެވެ.

Ads by Sosun Fihaara

އަވިއައިނު އަޅާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެގޮތުން ގަންނަ އައިނަކީ ޔޫވީއޭ އަދި ޔޫވީބީ ރޭޒް ތަކުން ސަލާމަތް ކޮށްދޭ ޕޮލޯރައިޒްޑް އައިނެއްތޯ ޔަގީން ކުރަން ވާނެއެވެ. އެހެން ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަމަކީ މިއިން އެއްވެސް ކަމަކަށް ނުބަލާ ހަމައެކަނި ރީތިކަމާއި ފެޝަަނަށް މީހުން ސަމާލުކަން ދޭ ކަމެވެ.

ހަމަ އެހެންމެ އަވިއައިނު ނާޅަންވީ ވަގުތެއް ވެސް އެބައޮތެވެ. އެއް ވަގުތަކީ ރޭގަނޑެވެ.މީގެ އިތުރުން ދުވާލުގެ ވަގުތެއްގައި ވެސް އަވިއައިނު އެޅުން މާ ރަނގަޅު ނޫން ވަގުތެއް އެބައޮތެވެ. އެވަގުތަކީ އިރު އަރައިގެން އަންނަ ވަގުތެވެ. އަޅުގަނޑުމެން ދިވެހީން ކިޔާ ގޮތުން ނަމަ ބޭސް އަވި ދޭ ވަގުތެވެ. އެގޮތުން އިރު އަރާ ވަގުތުން ފެށިގެން ހެނދުނު ގާތްގަނޑަކަށް 9 ނުވަތަ 10 ޖަހާލަންދެން އަވި އައިނު ނާޅާ އުޅުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ.

އެއީ ކީއްވެގެންތޯ ހިތަށް އަރާ ދޯއެވެ. އެއީ އެވަގުތުގައި އަވިއައިނު އެޅުމަކީ ހަވީރުއަތަށް އަޅާލާއިރު މީހާ ވަރުބަލިކޮށްލާ ނިދި އައުމަށް މަގުފަހިވާ ކަމެކެވެެ. އެކަމުގެ ސަބަބުން ދުވާލުގެ ބޮޑުބައެއް ގެއްލިގެން ގޮސްފާނެއެވެ އެހެންކަމުން ދުވާލުގެ މިވަގުތުގައި ދެން އަވި އައިނު ނާޅައްޗެވެ.

 

  1. ސަމައިދާ

    ޖެލަސްވީ