ނަމާދު ނިމޭގޮތަށް މުސައްލަ ފޮޅުން ހުއްޓާލަން އެބަ ޖެހޭ: މިނިސްޓަރު މަހުލޫފް

މަގުމަތީގައި ނަމާދުކޮށް ނިމޭ ގޮތަށް މުސައްލަ ފޮޅުން ހުއްޓާލަން އެބަ ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
“ނަމާދު ނިމޭގޮތަށް މުސައްލަ ފޮޅުން ހުއްޓާލަން އެބަޖެހޭ” މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޓްވީޓު ކުރެއްވުމަށްފަހު ގިނަ އިރުތަކެއް ނުވެ މިނިސްޓަރު ވަނީ މި ޓްވީޓު ޑިލިޓުކޮށްލާފައެވެ.
މާލޭގެ މިސްކިތްތަކުގެ ޖާގަައިގެ ދަތިކަމުން، ހުކުރު ނަމާދު ފަދަ ބޮޑެތި ނަމާދުގެ ޖަމާއަތްތަކުގައި މަގުމަތީގައި ވެސް ސަފު ހަދަން ޖެހެއެވެ. އަދި މަގުމަތީގައި ސަފު ހަދާއިރު މުސައްލަ ބޭނުން ކުރެއެވެ.
ނަމާދުކޮށް ނިމުމުން ގެއަށް ދިއުމުގެ ކުރިން މުސައްލަ ނަގާ ވެލި އަދި ހިރަފުސް ފޮޅުމަކީ ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް މިކަން މިގޮތަށް ކުރުމަކީ އޭގެ ސަބަބުން ހިރަފުހުގެ ސަބަބުން ފެތުރޭ އާންމު ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ.
ހާއްސަކޮށް ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގެ ދުވަސްވަރުގައި މިފަދަ ކަންކަމަށް އަހަރެމެން އިތުރަށް ސަމާލުވާންޖެހެއެވެ.
މަގު މަތީގަ ނަމާދު ކުރަނީ ކޮންމެހެން ޖާގަ ނެތިގެނެއް ވެސް ނޫން. މިސްކިތުގެ އެތެރެ ނުފުރެނީސް ބޭރުގަ ސަފު ހެދުން އެއި މާލޭގަ އާއްމު ކަމެއް
މިނޫނީ ހިރަފުސް ބުރާކަމެެެެެެެއް ވޭ ބާ
ސަރުކާރަށް ދެއަހަރު ވާންވާއިރަށް ތިކަންވެސް ހަމަޖެހޭނޭ. އަދި ވީ އެންމެ އަހަރެއްނު. މަޑުކޮށްބަލަ.