އެމެރިކާ ގައި 2 ވަނަ ވެކްސިނެއް ޖެހުމުގެ ހުއްދަ ދީފި
އެމެރިކާ ގައި 2 ވަނަ ވެކްސިން އެއް ޖެހުމުގެ ހުއްދަ ދީފިއެވެ.
އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިންނެވެ.
މީގެ ކުރިން ވަނީ އެމެރިކާގައި ކޮވިޑް 19 އަށް ތައްޔާރުކުރި ފައިޒާ-ބަޔޮންޓެކް ވެކްސިން ބޭނުން ކުރުމަށް ހުއްދަވެސް ދީފައެވެ. ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމާއެކު ތިން މިލިއަން ޑޯޒްގެ ވެކްސިން އެމެރިކާގެ 600 ސަރަހައްދަކުން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ދެވަނަ ވެކްސިން އަކަށް ހުއްދަ ދީފައިވަނީ މޮޑާނާ ވެކްސިން އެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ލިބުމާއެކު އެމެރިކާ ވެގެންދާނީ މޮޑާނާ ވެކްސިން ޖަހާ ފުރަތަމަ ގައުމަށެވެ. ކްލިނިކްތަކުން ކުރި ތަހުގީގުން މޮޑާނާ ވެކްސިން 94% ކާމިޔާބު ކަމަށް ދައްކާފައި ވެއެވެ.
އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސް ވަނީ ވެކްސިންގެ ރައްކާތެރިކަން ޔަގީން ކުރުމަށާއި ރައްޔިތުންނަށް މިސާލު ދެއްކެވުމުގެ ގޮތުން ހުކުރު ދުވަހު ވަގުތުން ގެނެސްދިން ޓީވީ ޕްރޮގްރާމެއްގައި ފައިޒަރ ވެކްސިން ގެ ޑޯޒެއް ޖަހާފައެވެ.
އެފްޑީއޭއިން ކުއްލި ހާލަތްތަކުގައި ބޭނުންކުރަން އެމެރިކާއަށް ހުއްދަ ދިން ފައިޒަރ ވެކްސިން ދެވޭނީ 16 އަހަރުން މަތީ އުމުރުގެ މީހުނަށް ކަމަށް އެފްޑީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ.