ޚަބަރު

ބައެއް މީޑީއާތަކުން ދޮގު ވާހަކަތައް ފަތުރާ ކަމަށް ބުނެ ފެނަކައިގެ ނުރުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު

ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން ނުރުހުން ފާޅު ކޮށްފިއެވެ.

Ads by Hajj Corporation

އެގޮތުން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވެ ދިޔަ މާޒީގައި އެ ކުންފުނިން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވި އެ ކުންފުނީގެ ނަން ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ކުންފުނީގެ ހިންގުމަށް ގެނެވުނު ހެޔޮ ބަދަލާ ގުޅިގެން ބަޔަކު ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ.

ކުންފުނިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔުމަށް މަރުހަބާކީ ނަމަވެސް އެކުންފުންޏާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފެތުރުމަށް ފުރުސަތު ނުދޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

"ފެނަކަ ކޯޕަރޭޝަނާމެދު މިހާރު ދެކެވެމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކީ، މިއަދު ހޯދިފައި، އަދި ހޯދަމުންދާ ކާމިޔާބުތަކަށް ހަސަދަވެރިވާ މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި ދަންނަވަން" ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ފެނަކަ ކުންފުންޏާއި އެ ކުންފުނީގެ ވެރިންނާމެދު ވިޔަސް އެކިފަރާތްތަކުން ޝާއިއު ކުރަމުންދާ ހަގީގަތާ ހިލާފު ވާހަކައަކުން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމަށް ފަސްނުޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!