ޚަބަރު

މާލޭ ސަރަޙައްދުން ޕީސީއާރް ޓެސްޓު ހެދެނީ 7 ތަނަކުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އަށް މާލެ ސަރަޙައްދުން 7 ތަނަކުން ޕީސީއާރް ޓެސްޓު ހެދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by MWSC

އެޗްޕީއޭ އިން މިކަމާ ގުޅޭގޮތުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލޭ ސަރަހައްދުން ޕީސީއާރު ޓެސްޓު ހެދޭނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލް، މެޑްލެބް ޑައިގްނޯސްޓިލް، ރިސޯޓް މެޑިކަލް ލެބޯޓްރީ ސާވިސް، ހުޅުމާލޭ ހޮސްޕިޓަލް އަދި މެޑިފްލެކްސް ލެބޯޓްރީން ކަމަށެވެ.

މި ހަތް ތަނުގެ ތެރެއިން މެޑިފްލެކްސް ލެބޯޓްރީއަކީ އަލަށް ކޮވިޑް 19އަށް ޕީސީއާރު ޓެސްޓު ހަދަން ފެށިތަނެއް ކަމަށް މައުލޫމާތު ލިބެއެވެ. އަނެއް ހަ ތަނުން މީގެ ކުރިން ވެސް ކޮވިޑް 19 އަށް ޕީސީއާރު ޓެސްޓު ހެދެއެވެ.

ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ 23 މީހުންނެވެ. އަދި މިހާތަނަށް ރާއްޖެއިން ޖުމުލަ 13،524 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މި ބަލިން މިހާތަނަށް ރާއްޖެއިން 12،960 މީހަކު ވަނީ ރަނގަޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!