ޚަބަރު

ކޮވިޑް19: ބަލިޖެހިފައި ތިބީ 508 މީހުނަށް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 41 މީހަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މިވަނީ ދަށް ވެފައެވެ. މިދިޔަ 24 ގަޑިއިރަށް ބަލާލާއިރު، މުޅި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 24 މީހުންނެވެ. އަދި މިބަލިން 23 މީހުން ވަނީ ރަނގަޅު ވެފައެވެ. މިއާއެކު ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 508 އަށް ވަނީ ތިރިފައެވެ.

Ads by Sosun Fihaara

ތަފާސް ހިސާބުތަކަށް ބަލާލާއިރު، ރާއްޖެއިން މިހާތަނަށް، 13,524 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. މީގެ ތެރެއިން، 12,960 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، 48 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އިންސައްތަ އުޅެނީ 0.35 ގައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާއިރު، ކޮވިޑް-19 ޖެހިފައިވާ 370 މީހަކު މާލޭގައި ދިރިއުޅެމުންދެއެވެ. އަދި މާލެ ނޫން އަތޮޅު ތެރޭގެ ރަށްތަކުގައި 37 މީހަކަށް މިހާރު ކޮވިޑް-19 ޖެހިފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންނަށް ބަލާލާއިރު، ރާއްޖެއިން ކޮވިޑް-19 އެންމެ ގިނައިން ޖެހިފައިވަނީ 21 އަހަރާއި 30 އަހަރާއި ދެމެދުގެ ފިރިހެނުންނަށެވެ. މިގޮތުން މި އޭޖް ގްރޫޕްގެ މީހުންގެ ތެރެއިން 2538 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ 68 އިންސައްތައަކީ ފިރިހެނުންކަން ވެސް ފާހަގަ ކޮށްލެވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!