ޚަބަރު

މަސްދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީގެން އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

Ads by Hajj Corporation

މި ހާދިސާގައި ޒަހަމްވެފައި ވަނީ ޅ.ފާދޫ "ޒިކުރާ" ދޯނީގައި ބޮއި ކިރަން ހުރި 40 އަހަރުގެ  ދިވެއްސަކަށެވެ.ޒަަހަމްވި މީހާއަށް ޅ.ނައިފަރުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ލިބުނު  ރިޕޯޓްތަކުން އެންގިފައިވާ ގޮތުގައި ޒަހަމްވި މީހާގެ  ފައިގެ މައި ނާރަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. 

އެމްއެންޑީއެފް އިން މިހާރު ދަނީ އެ ސަރަހައްދުގައި  ހަރަކާތްތެރި ވަމުންނެވެ. މި ހާދިސާ ހިނގައިގެން  އުޅޭކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެދުނު 9:36 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

  1. މުހައްމަދު

    ޢަދިވެސްް ހުއްދަދޭކައްނުވޭތ!