ދުނިޔެ

4 ވެކްސިން އެއްފަހަރާ ޖަހައިގެން އިސްރާޢީލް މީހަކު ވެކްސިނަށް އޯވަޑޯޒް ވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާޢީލްގައި މިހާރު ކުރިއަށްދާ ކޮވިޑް19 ވެކްސިން ޕްރޮގްރާމްގައި 4 ވެކްސިން ޖެހި މީހަކު އޯވަޑޯޒް ވެއްޖެއެވެ.

Ads by WAMCO

އިސްރާއީލްގެ މީޑީޔާއެއް ކަމަށްވާ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 4 ވެކްސިން ދީފައި ވަނީ ބޭސް ފިހާރައެއްގައި މަސައްކަތް ކުރަމުން އަންނަ މީހަކަށެވެ. އަދި މިމީހާއަށް 4 ވެކްސިން ދެވިފައި ވަނީ އޮޅިގެން ކަމަށް އެނޫހުން ބުނެއެވެ.

ހަތަރު ޑޯޒް ވެކްސިން ދީގެން މިމީހާ އޯވަޒޯޑް ވީ ނަމަވެސް، ބޮލަށް އެނބުރުން އެރުމާއި ވެކްސިން ޖެހިތަން ދޮޅުވުން ނޫން އިތުރު ގޮތެއް މިމީހާއަށް ވެފައިނުވެއެވެ. 4 ޑޯޒް ވެކްސިން ޖެހުނުކަން އެނގުނު ހިސާބުން ހާލަތު މޮނިޓަރު ކުރުމަށް އެމީހާ ވަނީ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

ކޮވިޑް-19 ވެކްސިން އިސްރާއީލްގައި މިހާރު ދޭން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އެޤައުމުގެ ބޮޑު ވަޒީރު ނަތަންޔާހޫއެވެ. މިހާތަނަށް އެޤައުމުގައި 30،000 މީހުނަށް ވެކްސިން ޖަހާފައިވެއެވެ. އިސްރޭލުން ދެމުން ދަނީ ފައިޒާ ވެކްސިން އެވެ.

އިސްރާޢީލުން މީގެ ކުރިން ވަނީ އިސްރާއީލްގެ ރައްޔިތުންނަށް ޖަހާ ނިމި އިތުރަށް ވެކްސިން ހުރެއްޖެނަމަ ފަލަސްތީންގެ ރައްޔިތުންނަށް ވެކްސިން ދޭނެ ކަމަށް ބުނެފައެވެ. މިއާއެކު އިސްރާއީލަށް ގިނަ ބައެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ.

އިސްރާޢީލް އިން މިހާތަނަށް 385,022 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މިބަލީގައި 2,535 މީހަކުވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!