ޚަބަރު

މާލެއިން ފައްސިވ12 މީހުނާއެކު މިއަދު ފައްސިވީ 21 މީހުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއިން އިތުރު 21 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 12 މީހުންނާއި އަތޮޅުތެރެއިން 4 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 5 މީހުންނެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،558 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13001 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 37 މީހުންނެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކަށް ލުއިދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!