ސިއްޙަތު

ކޮވިޑް-19 ޖެހި ރަނގަޅުވުމުން 8 މަސް ވަންދެން ބަލި ނުޖެހޭނެ ކަމަށް ދިރާސާއަކުން ދައްކައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ބަލިން ރަނގަޅުވުމަށް ފަހު ހަށިގަނޑުގައި އުފެދޭ ވައިރަހުން ދިފާއުކޮށްދޭ އެންޓިބޮޑީސް ހަށިގަނޑުގައި އަށް މަސް ދުވަހު ހުންނަ ކަމަށް އޮސްޓްރޭލިއާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

Ads by Hajj Corporation

މީގެ ކުރިން ސައިންސްވެރިންނަށް ބެލެވިފައި އޮތީ ވައިރަހުން ދިފާއުވުމުގެ ބާރު ހަށިގަނޑުގައި ހުންނަނީ 3 މަހާއި 6 މަހާއި ދޭތެރޭގެ މުއްދަތަކަށް ކަމަށެވެ.

އޮސްޓްރޭލިއާގެ ދިރާސާވެރިން ކުރި މި ދިރާސާއާއެކު ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ އަސަރު ގިނަ ދުވަހަށް ދެމިގެންދާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.

މެލްބޯންގެ މޮނާޝް ޔުނިވާސިޓީން ކުރި މި ދިރާސާ މިހާރު ވަނީ ޖާނަލް ސައިންސް އިމިއުނޮލޮޖީގައި ޝާއިއުކޮށްފައެވެ.

މި ދިރާސާ ކުރުމަށް ދިރާސާވެރިން ވަނީ ކޮވިޑް ބަލި ޖެހިފައިތިބި 25 މީހުންގެ ގައިން 36 ބްލަޑް ސާމްޕަލް ނަގާފައެވެ. މީގެ ތެރެއިން އެންމެ ފަހު ސާމްޕަލް ނަގާފައި ވަނީ އެމީހުން ބަލިން ރަނގަޅުވިތާ 242 ދުވަސް ފަހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!