ދުނިޔެ

ޖަރުމަނުގައި އިމާމަކަށް ރަހުމް ކުޑަ ހަމަލާތަކެއް ދީ ޝަހީދު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕާކިސްތާނަށް އުފަން އުމުރުން 26 އަހަރުގެ އިމާމު ޝާހިދު ނަވާޒަށް ހަމަލާދީ ޝަހީދު ކޮށްލައިފިއެވެ.

Ads by WAMCO

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިމާމް ޝާހިދު ޝަހީދު ކޮށްލީ މިމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި، އޭނާގެ އަނބިކަނބަލުންނާއެކު ހިނގާފައި ދަނިކޮށް ޖަރުމަނުގެ ސްޓަޓްގާޓްގައެވެ.

އިމާމް ޝާހިދު އަށް ރަހުމު ކުޑަގޮތަކަށް ހަމަލާދީ ޝަހީދު ކޮށްލީ ކޮން ބައެއްކަން އަދި އެނގިފައިނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޕާކިސްތާނުން ޖަރުމަނަށް އައްޔަން ކުރައްވާފައިވާ ސަފީރު ޑރ. މުޙައްމަދު ފައިސަލް ވެސް ވަނީ މިހާދިސާ ހިނގާފައިވާކަން މީޑިއާ ތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާކިސްތާނަށް އުފަން ޝާހިދު ނަވާޒް އަށް ބަޔަކު މީހުން ހަމަލާދީ ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ހޯދުމަށް ޖަރުމަނު ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަފީރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ސަފީރު ވިދާޅުވީ އެމަނިކުފާނުގެ ސީޖީ ، ފްރޭކްފާރޓް، ސްޓަޓްގާޓް އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ސީޖީ ވަރަށް ގާތުން ބައްލަވާނެ ކަމަށާއި އޭގެ އިތުރުން އިމާމް ޝާހިދު ގެ އާއިލާއާ ވެސް ބައްދަލު ކުރައްވާ އެޢާއިލާއަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރު ކޮށްދެއްވާނެ ކަމަށް ސަފީރު މުޙައްމަދު ވިދާޅުވެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!