ދުނިޔެ

ދަރި ވައްޓާލަން ބޭސް ކެއި އަންހެނެއް މަރުވި ވާހަކަ!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ކަޝްމީރުގައި ހިނގައި ދިޔަ ހާދިސާ އެކެވެ.އުމުރުން 32 އަހަރުގެ މި އަންހެން މީހާ ބަނޑުގައިވާ ދަރިފުޅު ވައްޓާލަން ބޭސް ކެއީ އާއިލާގެ އެންގުމުގެ މަތިންނެވެ.

Ads by Sosun Fihaara

ބަނޑަށް އޭރު އެންމެ ހަ ހަފްތާއެވެ. މި ހާދިސާގައި އޭނާގެ އާއިލާގެ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކުއްލިގޮތަކަށް މީހަކު މަރުވެގެން އުޅޭ ހަބަރު ލިބުމާއެކު ފުލުހުން ދިޔައިރު މަރުވެފައި ވަނީ 18 މަހުގެ ތުއްތު ކުއްޖެއްގެ މަންމައެވެ. މަރުގެ ތަހުގީގު ކުރުމަށް ފުލުހުން ލެބޯޓްރީގެ އެހީގައި ބެލި ބެލުމުން އެނގުނު ގޮތުގައި އެ އަންހެންމީހާގެ ހަށިގަނޑުން ބައިވަރު ލޭ ފައިބައިފައި ވެއެވެ.

މި ކަމާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށް ފުލުހުން އިތުރަށް މަސައްކަތް ފެށިއެވެ. މަރުވެފައި އޮތް ކޮޓަރިއާއި ގޭގެ ތަންތަން ބަލާ ފާސް ކުރުމުގެ ތެރޭގައި ގިނައިން ލޭ ހުރި ބެޑްޝީޓަކާއި ގިނަ އަދަދަކަށް އެކި ވައްތަރުގެ ބޭސް ވަނީ ފެނިފައެވެ. ކޮަޓަރިން ފެނުނު ބޭހަކީ ކޮން ކަހަލަ ބޭހެއްތޯ ބެލުމަށް ލެބޯޓްރީ އަށް ފޮނުވުމުން އެނގުނު ގޮތުގައި އެއީ ދަރި ވައްޓަން ކާ ބޭހެވެ.

މި ކަމުގައި ޝާމިލްވި އާއިލާގެ މީހުންގެ އިތުރުން އެކި ގޮތް ގޮތުން އެހީތެރިވެދިން ފަރާތްތައް ފުލުސް އޮފީހަށް ގެންދެވި ހައްޔަރު ކުރެވުނެވެ. ވަކި ވަކިން އެންމެންނާ ސުވާލު ކުރެވުނެވެ. އާއިލާއިން ބުނެފައި ވާ ގޮތުގައި އެ ބޭސް އަންހެންމީހާ ކެއީ އާއިލާއަށް އެނގިގެންނެވެ. ދަރި ވައްޓާލަން ބޭސް ކެއުމަށްފަހު ލޭ މަނާ ނުވެ މާ ބޮޑަށް ބަނޑުގައި ރިއްސާތީ އޭނާ ތަދު ކަނޑުވާ ބޭސް ކެއެވެ. އޭގެ ފަހުން އޭނާ ހޭނެތި، އަނގައިން ދިޔާ އެއްޗެހި ބޭރުވެ މާ ގިނަ އިރުތަކެއް ނުވެ މަރުވިއެވެ.

މި ހާދިސާގައި އޭނާގެ ފިރިމީހާގެ އިތުރުން އާއިލާގެ ގިނަ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!