ދީން

ޤިޔާމަތް ގާއިމު ވާނީ ކޮން އިރަކުން؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ބަދަވީންގެ ތެރެއިން ބަޔަކު ވަޑައިގަތުމަށް ފަހު ސުވާލު ކުރައްވާ ޤިޔާމަތް ވާނީ ކޮންއިރަކުންތޯ އެއްސެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތަނުން އެންމެ ހަގު ކުއްޖާއާ ދިމާއަށް ބައްލަވާލެއްވުމަށް ފަހުގައި ޙަދީޘް ކުރައްވަނީ، "މި ކުއްޖާ ދުނިޔޭގައި ދިރިހުރެ، މުސްކުޅި އުމުރަށް ފޯރައިފި ކަމުގައި ވާނަމަ، ތިޔަ ބައިމީހުންގެ ތެރެއިން އެންމެންގެ މައްޗަށް ވެސް ޤިޔާމަތް ވަނީ ޤާއިމު ވެފައެވެ."

Ads by Hajj Corporation

އާދޭހެވެ. ކޮންމެ މީހަކު ވެސް އެމީހެއް މަރުވުމުން އެމީހެއްގެ ޤިޔާމަތް އެވަނީ އެމީިހެއްގެ މައްޗަށް ޤާއިމު ވެފައެވެ. އެހިސާބުން އޭނާ އެވަނީ މި ފަނާކުރަނިވި ދުނިޔެއިން އަލްވަދާއު ކިޔައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކޮށްފައެވެ. އެދުވަހުން އަޅުގަނޑުމެންގެ މަރު އަޅުގަނޑުމެންނާ ބައްދަލު ކުރާ ހިނދު އެމަރުން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އާދޭހެވެ. މީހެއްގެ މަތިވެރިކަމަށްޓަކައި މީހަކު މަރުނުވާ ކަމުގައި ވާނަމަ، މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަރުގެ ރަހަ ނުދެކޭނެތެވެ. އެކަލޭގެފާނަކީ މިދުނިޔޭގައި އެންމެ ފުރިހަމަ އިންސާނާއެވެ. މި އުއްމަތަށް ފޮނުވުނު އެންމެ ފަހުގެ ރަސޫލާއެވެ.

އާދޭހެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފިޔަވައި މި ދުނިޔެއާއިނ ދުނިޔޭގައި ވާހާ ތަކެއްޗަކީ ވެސް ނެތި ފަނާވެ ދާނެ އެއްޗެއްސެވެ. މަރަކީ ކޮންމެ މީހެއްވެސް ކުރިމަތިލާން ޖެހޭ އެއްޗެއް ކަމުގައި ވީނަމަވެސް ގިނަ މީސްތަކުންގެ ޙާލުގެ ދުލުން ބުނާ ފަދައެވެ. މަރަކީ މިއީ ދުވަހަކު ވެސް ނާންނާނެ އެއްޗެކެވެ. އެހެނީ މަރަކީ ކޮންމެ މީހަކު ވެސް ބައްދަލު ކުރާނެ ހަގީގަތެއް ކަން ދަންނަ މީހާ މަރުވުމަށް ފަހުގައި ދެން އަންނާނެ ޙަޔާތަކަށް ތައްޔާރުވުމަށް ޓަކައި މިއަދު ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ.

މަސްދަރު: މުޙައްމަދު ޣާލިބުގެ ދަރުހެއް

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!