ބޮލުން އިސްތަށި ފޭބުމާ ކޮވިޑް-19 އާ ގުޅުމެއްވޭ!

ބޮލުން އިސްތަށި ފޭބުމަކީ ކޮވިޑް-19ގެ އަލާމާތަކަށް ވެދާނެ ކަމަށް ބައެއް ދިރާސާވެރިން ބުނެފިއެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ 25 ކަންކަމުގެ ތެރޭގައި ބޮލުން އިސްތަށި ފޭބުން ހިމެނެއެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ޖެހުމުން އިސްތަށި ފައިބަން މެދުވެރި ވަނީ ސްޓްރެސް އަދި ފިކުރު ބޮޑުވުމުގެ ސަބަބުންނެވެ.
މިކަމުގެ މައްޗަށް ކުޑަ ދިރާސާއެއް ވެސް ވަނީ ކޮށްފައެވެ. ކޮވިޑް-19 ޖެހުނު 63 މީހުން ހިމަނައިގެން ކުރި މި ދިރާސާގައި 14 މީހުންގެ ފަރާތުން ވަނީ ބޮލުން އިސްތަށި ފޭބުމުގެ އަލާމާތް ފެނިފައެވެ.
މިކަން މެދުވެރިވާ ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ފިކުރުބޮޑުވުމާ ސްޓްރެސްގެ ސަބަބުން ކުރިމަތިވާ ހާލަތެއް ކަމަށްވާ “ޓެލޮގެން އެފްލޫވިއަމް” ގެ ސަބަބުން އެ މުއްދަތުގައި ބޮލުން އިސްތަށި ފޭބުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
މީގެ ކުރިން ކުރި ބައެއް ދިރާސާތަކުން ބޯ ތަލަކޮށް ތިބޭ މީހުންނަށް ކޮވިޑްގެ ނުރައްކާ ބޮޑު ކަމަށް ވެސް ދައްކާފައިވެއެވެ.
އެހެންވެ ދޯ މަށަށް ކޮވިޑު އެ ޖެހުނީ. އެކަމް ތި އަލާމާތް ފެންނަން ފެށިތާ ހާދަ އަހަރެއް ފަހުންނޭ މަ އެ ފައްސިވީ