ޖަޕާނުން ކޮވިޑްގެ އާ ވޭރިއަންޓް ފެނިއްޖެ
ކޮވިޑްގެ އާ ވޭރިއަންޓް ޖަޕާނުން ފެނިއްޖެއެވެ.
ކޯވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެންނަން ފަށާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މިކަމާ ގުޅިގެން އެ ޤައުމު ވަނީ އަނެއްކާ ވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެ ގައުމުން ވަނީ ހަލުވިކަމާއެކު އެކު މި ވައިރަސް ފެތުރެމުން ދާ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން އެކި ގައުމުތަކުން ދަނީ ބޯޑަރު ބަންދު ކުރަމުންނެވެ. ސައުދީ އިން ވެސް ވަނީ ބޯޑަރު ބަންދުކޮށްފައެވެ. ސައުދީ ސަރުކާރުން ބުނީ އެ ނިންމުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުމްރާއަށް ހުޅުވާލާފައިވާ ފުރުސަތު ވެސް މި މުއްދަތުގެ ތެރޭގައި ބަންދު ވާނެ ކަމަށެވެ. އަދި އެ ޤައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރެއް ވެސް އަނެއްކާ ވެސް ބަންދު ކޮށްފައިވާ ކަމަށެވެ.
ޖަޕާނުން އާ ވޭރިއަންޓް ފެނުމާއެކު މިހާރު ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ޔޫކޭ އިން އަންނަ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމުގެ އިތުރުން އެއާޕޯޓުގައި ކަރަންޓީނު ކުރުން އިތުރަށް ހަރުކަށި ކުރުމަށް ވަނީ ނިންމައިފައެވެ.
ޔޫކޭއިން ޖަޕާނަށް މީހުން އައުން މަނާ ކޮށްފައިވީ ނަމަވެސް ޔޫކޭގައި ތިބި ޖަޕާނު މީހުން އަނބުރާ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.