ކާފަދަރިންތަކަކަށް ޖިންސީ ގޯނާކޮށްގެން މުސްކުޅިއަކު ހައްޔަރުކޮށްފި
 
                                                    ކާފަދަރިންތަކަކަށް ޖިންސީ ގޯނާ ކުރި މުސްކުޅިއެއް ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހުން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އަދި މި މައްސަލަ އާ ގުޅިގެން އުމުރުން 66 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
