ޚަބަރު

ކައިވެނި ޕާޓީ ކްލަސްޓާ: ފައްސިވި މީހުންގެ ތެރޭގައި ޔޫކޭއިން އައި މީހެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން

މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގގައި ބޭއްވި ކައިވެނި ޕާޓީން ގިނަ އަދަދެއްގެ ބަޔަކު ފައްސިވި ކްލަސްޓާއާ ގުޅުން ހުރި އާއިލާއެއްގެ މީހަކު ޔޫކޭ އިން އައިފަހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ ގަވައިދު އޮތް ގޮތުން ޔޫކޭއިން އަންނަ ފަރާތްތައް އޭރު ކަރަންޓީނު ވާކަށް ނުޖެހެއެވެ. ނަމަވެސް އެގައުމުގައި ފެތުރެމުންދާ ކޮވިޑް ގެ އައު ވޭރިއަންޓާއެކު މިހާރު އެގައުމުން ރާއްޖެ އަންނަ ފަރާތްތައް ކަރަންޓީނު ވާން ޖެހެއެވެ.

އެޗްއީއޯސީން ވިދާޅުވީ މި މީހާ ފައްސިވެފައިވާ ކަން އެނގުނީ ރާއްޖެ އައި ފަހުން ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓުކުރުމުން ކަމަށެވެ.

ކްލަސްޓާ އާ ގުޅުން ހުރި އާއިލާއެއްގެ މި މީހާ ރާއްޖެ އައިސްފައިވަނީ ކައިވެނި ޕާޓީއަށް ފަހުގައި ކަމަށާއި މިއީ ކޮވިޑް-19 ގެ އައު ވޭރިއަންޓާ ގުޅުން ހުރި ކޭސް އެއްތޯ ބަލަމުން އަންނަ ކަމުގައި ވެސް އެ ސެންޓަރުން ވިދާޅުވިއެވެ.

ކައިވެނި ޕާޓީ ކްލަސްޓާގައި މިހާތަނަށް 41 މީހަކު ވަނީ ފައްސިވެފައެވެ.

 

 

 

  1. ބެއްޔާބެ

    ޕާޓީ ފަހުން އައި މީހެއް ވީމަ ޕާޓީއާ ހުރީ ކޮން ގުޅުމެއް؟