މޮސްޓާ އެމްޑިޕީ މެންބަރުންނަށް: ރަސޫލާ(ޞޢޥ) އަށްވުރެ ބޮޑަށް ނަޝީދު ދެކެ ލޯބިވީމަ ވާނީ މިހެން!
މާތް ﷲ އާއި އެކަލާނގެ ރަސޫލާ(ޞޢޥ) އަށް އޮންނަ ލޯތްބަށް ވުރެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ މެންބަރުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އޮންނަ ލޯބި ބޮޑުކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.
އެގޮތުން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެ އެންމެން ނުކުމެ ހަރާމް ކަމެއް ހަލާލު ކުރުމަށް ވަކާލާތު ކުރިޔަސް އެކަން ނުވާނެ ކަމަށާއި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އޮންނަ ލޯތްބަށް ވުރެ ޕާޓީގެ ރައީސްއަށް އޮންނަ ލޯބި ބޮޑުވުމުން ނިކުންނާނެ ނަތީޖާއަކީ މިއީ ކަމަށެވެ.
ނަޞާރާ ދީނުގެ މީހުން ފާހަގަ ކުރާ ކްރިސްމަސް ދުވަހާ ގުޅިގެން އެދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުވުމުން، ވަރަށް ގިނަ ދީނީ ޢިލްމުވެރިންނާއި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ދިފާޢުގައި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުންނާއި ބައެއް މެންބަރުން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މޮސްޓާ އެމްޑިޕީ މެންބަރުންނަށް: ރަސޫލާ(ޞޢޥ) އަށްވުރެ ބޮޑަށް ނަޝީދު ދެކެ ލޯބިވީމަ ވާނީ މިހެން
ތީވަރައްވެސް ބޮޑުތެދެއް