ޚަބަރު

ކޮވިޑް-19: މިއަދު ބައްޔަށް ފައްސިވީ 31 މީހުން، ފަސޭހަވީ 27 މީހުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 31 މީހުން ފައްސިވެ 27 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 20 މީހުންނާއި އަތޮޅުތެރެއިން 4 މީހުނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 5 މީހުންގެ އިތުރުން ރާއްޖެއިން ބޭރުން 2 މީހުންނެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،691 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,109 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 29 މީހުންނެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކަށް ލުއިދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!