ޚަބަރު

"ރޫޓު" ފިހާރައިގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ރޫޓް ފިހާރައިން ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ފަސް މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

Ads by STELCO

މިމައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް އުފުލީ ފޭރުމުގެ ކުށުގެ ދައުވާ އެވެ. ފަސްވަނަ މީހާގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށް އެނގިފައިވެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ހެނދުނު 11:40 ކަންހާއިރު، ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްޢަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށެވެ. އަދި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލީ ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންގެ މައްޗަށެވެ.

އެ ހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!