އިތުރު އައުޓްބްރޭކެއް އައިސްފިނަމަ ސްކޫލްތައް ހުޅުވުން ފަސްކުރަންޖެހޭނެ: ޑރ.ނަޒްލާ
އިތުރު އައުޓްބްރޭކެއް އައިސްފިނަމަ، ސްކޫލްތައް ހުޅުވުން ފަސްކުރަން ޖެހޭނެ ކަމަށާއި ސްކޫލަށް ދިޔުމުގެ ފުރުުސަތު އޮންނާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓައި އިތުރު އައުޓްބްރޭކެއް އަޔަނުދީ ހިފެހެއްޓުމުންކަމަށް ޑރ ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ޑރ ނަޒްލާ ވަނީ އައުޓްބްރޭކެއް އައިސްފިނަމަ ސްކޫލުތައް ހުޅުވުން ފަސްކުރަން ޖެހޭނެކަން ފާހަގަ ކުރައްވާއެވެ. މިހާރުވެސް މިކަމުގެ ސަބަބުން ކުދިންގެ ސިއްހަތަށް ، ޚާއްސަކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް މިކަމުން ނުކުންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
"އައުޓްބްރޭކެއް އައިސްފިނަމަ ސްކޫލް ހުޅުވުން ފަސްކުރަން ޖެހޭނެ.ހަމައެކަނި ތައުލީމަކަށް ނޫން އަސަރުކުރަނީ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް އަސަރުކުރޭ. އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް އެބަޖެހޭ" ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް 21 ގައުމަކުން އާ ވޭރިއަންޓް ރެކޯޑް ކުރެވިފައިވާއިރު އެންމެ ކައިރިން އިންޑިޔާ، ޕާކިސްތާން އަދި ސިންގަޕޫރުންވެސް އާ ވޭރިއަންޓް ފެނިފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ގައިދުރުކަމުގެ ފިޔަވަޅުތަކާއި މާސްކު އެޅުން ފަދަ ކަންކަން ފަސޭހަ ކޮށްލައިފިނަމަ މި ވޭރިއަންޓް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އާ ވޭރިއަންޓްގައި ބަލީގެ އަސަރު ވަކި ބޮޑުވާކަމަށް ފެނިފައި ނެތަސް، މިވޭރިއަންޓް ވަރަށް އަވަހަށް ފެތުރޭ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އައު ސްޓްރެއިން އާ ގުޅިގެން އެ ޤައުމުގައި ބަލި ކޮންޓްރޯލް ވުމެއްނެތި ދަނީ ފެތުރެމުންނެވެ. ކޯވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެނުމާ ގުޅިގެން އެޤައުމު ވަނީ އަނެއްކާވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެ ގައުމުން ވަނީ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުން ދާ ކަމަށް ބުނެފައެވެ.
ތިމާލޭ ސުކޫލް ތަށް ބަންދުކޮށްފަ ރާއްޖެތެރޭ ސުކޫލްތައް ހުޅުވާ. މާލޭ މީހުން އުޅެނީ ރާބޯގެންފުޅި އެއްލާލާހެން. ޜަށް ރަށު މިހުން އެކަނި އުޅެނީ ރަނޣަޅަށް