ރިޕޯޓް އެޑްވަޓޯރިއަލް ވިޔަފާރި

ގޮންޖެހުންތަކާއެކުވެސް ސްޓެލްކޯއަށް ކާމިޔާބު އަހަރެއް، އެމްޑީގެ ޝުކުރު މުވައްޒަފުންނަށް!

    • ކޮވިޑު-19 ގައި ވެސް ސްޓެލްކޯގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވުނު
    • 2020 ވަނަ އަހަރުގެ ގިނަ ލަނޑުދަނޑިތައް ސްޓެލްކޯއިން ވަނީ ހާސިލު ކޮށްފަ
    • ރައްޔިތުންގެ ކަންބޮޑުވުން : އެކި ދުވަސްތަކާ ދިމާކޮށް ކަރަންޓު ބިލް ބޮޑުވުން
    • ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ސްޓެލްކޯ
މުޙައްމަދު ޝިފާއު ، ދެން އޮންލައިން
މުޢުނީ "ދެން" އަށް އިންޓަރވިއު ދެއްވަނީ.. ދެން އިމޭޖްސް: އިބްރާހީމް ޝަމްވީލް

ސްޓެލްކޯގެ ނަމަކީ ހަމަގައިމު ވެސް އެއްވެސް ދިވެއްސަކަށް އައު ނަމަކަށް ނުވާނެކަން ޔަގީނެވެ. 1949 ގަ މާލޭގައި ބެހެއްޓުނު 14 ކިލޯވޮޓުގެ އިންޖީނަކާއެކު އެކި ނަންނަމުގައި ތަރައްގީގެ އެކިއެކި ހަރުފަތްތައް ގިރާކޮށް އެންމެ ފަހުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ނަމުގައި މި ކުންފުނި މިއަދާ ހަމައަށް ވެސް އަންނަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދެމުންނެވެ. ދިވެހިރާއްޖޭގެ މައި ކަރަންޓު ކުންފުނި ކަމުގައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަކީ މީލާދީން 1997 ވަނަ އަހަރު ދިވެހިރާއްޖެއަށް ވުޖޫދުވެގެން އައި ކުންފުންޏެކެވެ. ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދެމުން އަންނަ މި ކުންފުންޏަކީ ފަޚުރުވެރި ތާރީހެއް އޮންނަ ކުންފުންޏެކެވެ.

Ads by Sosun Fihaara

70 އަހަރަށް ވުރެ ދިގު މާޒީއެއް މި ކުންފުނިން ކަޑަތުކޮށް ދިވެހި ރައްޔިތުންނަށް މިއަދާ ހަމައަށް ވެސް ކަރަންޓުގެ ޚިދުމަތް ފޯރު ކޮށްދީފައިވާއިރު، މިއަދު އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށް އަލިވިލޭ ކޮންމެ ދަންމަރެއްގެ ފަހަތުގައި ވެސް ސްޓެލްކޯގެ ހިއްސާއެއް ވާނެކަމީ ލޯ ކުރިމަތިން ފެންނަން އޮތް ހަގީގަތެވެ.

މުޢުނީ "ދެން" އަށް އިންޓަރވިއު ދެއްވަނީ.. ދެން އިމޭޖްސް: އިބްރާހީމް ޝަމްވީލް

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ސްޓޭލްކޯގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، އެ ޚިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީވެ ކުރިއެރުވުމަށް ކުންފުނީގެ މެނޭޖެމެންޓާއި، މުވައްޒަފުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުން، ކުންފުނީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ވޭތުވެ ދިޔަ އަހަރު ސްޓެލްކޯއިން ކުރަމުންދިޔަ ދަތުރުގެ ހުރަހަކަށް ވީ މުޅި ދުނިޔެ އެ ވަބާ އަކާއި ކުރިމަތިލާން ޖެހުނު ކޮވިޑް19 ގެ ބަލިމަޑުކަމެވެ.

ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑު-19 ގެ މި ދަނޑިވަޅުގައި ވެސް ސްޓެލްކޯއިން ވަނީ ޚިދުމަތް ދިނުމުގައި ދަމަހައްޓައިފައެވެ. ކުންފުނީގައި މަސައްކަތް ކުރާ ބުރަ މުވައްޒަފުން ވަނީ ހިއްވަރާއެކު އެ ކުންފުނީގެ ޚިދުމަތް މެދުކެނޑުމެއް ނެތި ދިނުމުގައި އަވަދިނެތި މަސައްކަތް ކޮށްފައެވެ.

އެ ކުންފުނީގެ ވޭތުވެދިޔަ އަހަރުގެ މައިގަނޑު ހަރަކާތްތަކާ ގުޅޭ ގޮތުން "ދެން" އިން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީއާ ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވީމެވެ.

ކޮވިޑު-19 ގައި ވެސް ސްޓެލްކޯގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވުނު

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ ކަމުގައިވާ ކޮވިޑު-19 ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުން ކުރެވިގެން ދިޔަ މި ބިރުވެރި ދަނޑިވަޅުގައި ސްޓެލްކޯއިން ވަނީ ފަސްޖެހުމެއް ނެތި ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. މުޅި ގްރޭޓާރ މާލެ ސަރަހައްދަށް ސްޓެލްކޯގެ ކަރަންޓުގެ ޚިދުމަތަށް އެއްވެސް ވަރަކަށް ބުރޫ އަރައިފައިނުވާއިރު، ރައްޔިތުންނަށް ކަރަންޓުގެ ސަބަބުން ލިބެންޖެހޭ އަސާސީ ބޭނުންތައް ފުއްދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާފަދަ ގޮތަކަށް ސްޓެލްކޯއިން ވަނީ ވަރަށް ފުރިހަމައަށް މަސައްކަތް ކޮށްފައެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ "ދެން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިފަދަ ދަތި ދަނޑިވަޅެއްގައި ސްޓެލްކޯގެ މުވައްޒަފުން ދެއްކީ ނަމޫނާ ކަމަށާއި، އެ ދަނޑުވަޅުގައި ވެސް ދިމާވި ކޮންމެ ދަތިމަކަމަކަށް ވެސް ހައްލު ހޯދައިދިނުމުގައި ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތް ވަރަށް ވެސް ފުރިހަމަ ކަމަށެވެ.

ދުވަސްވަރަކީ އަޅުގަނޑުމެންގެ މުވައްޒަފުން ވެސް ހަމަ ލޮކްޑައުންގައި ތިބެގެން އެމަސައްކަތް ކުރި ދުވަސްވަރެއް. އެހެންވީމާ މީ ހަމަ ހާއްސަކޮށް މިއަހަރަށް ބަލައިފި ކަމުގައި ވާނަމަ ފާހަގަ ކޮށްލެވޭނެ ކަމެއް.

މުޣުނީ

މުވައްޒަފުންގެ ބޯނަސް

ސަރުކާރުން ވަކި ގޮތަކަށް ބޯނަހާއި ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާއިރު، މިފަހަރު ސްޓެލްކޯގެ އެއްވެސް މުވައްޒަފަކަށް ބޯނަސް ފައިސާ ދެވިފައި ނުވާ ކަމަށާއި، 2020 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ނުރައްކާތެރި ކޮވިޑު-19 ގެ ސަބަބުން ކުންފުނީގެ ޚާރަދުތައް ކުޑަކުރުމުގެ ތެރޭގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބޯނަސް ނުދޭ ގޮތަށް ހަމަޖެހުނު ކަމަށް މުޣުނީ ވަނީ "ދެން" އާ ހިއްސާ ކޮށްފައެވެ.

ސަރުކާރުން ބޯނަހާ ގުޅޭގޮތުން ވަކި ގޮތަކަށް ކަނޑައަޅުއްވާފަ އޮތީ. ދެން ސްޓެލްކޯއަކުން މިއަހަރަކު ބޯނަހެއް ނުދޭ. ސަބަބަކީ ކޮވިޑާ ގުޅިގެން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ތެރޭގައި ބޯނަސް ނުދޭ ގޮތަށް ހަމަޖެއްސައިފައި އޮތީ

މުޣުނީ

ކޮވިޑު-19 ގެ ދަނޑިވަޅުގައި ސްޓެލްކޯއިން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ

ސަރުކާރުން ގާއިމު ކުރެވުނު ހެލްތު ފެސިލިޓީ ތަކުގައި ސްޓެލްކޯގެ ފަރާތުން މުވައްޒަފުން އެ މަސައްކަތް ތަކުގައި ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ. މީގެ އިތުރުން މިފަދަ ފެސިލިޓީތައް ގާއިމު ކުރުމަށް ކުރެވުނު މަސައްކަތް ތަކުގައި އެ މަސައްކަތްތަކަށް ބޭނުންވާނެ ބައެއް ސާމާނުތައް ވެސް ވަނީ ސްޓެލްކޯއިން ފޯރުކޮށްދީފައެވެ. އަދި އެ ކުންފުނީގެ ގާތްގަނޑަށް 50 ވަރަކަށް މުވައްޒަފުން މިފަދަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިފައިވާކަން މުޣުނީ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ގެންދިޔަ އެމަޖެންސީކޮށް ހެލްތު ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތްތަކެއް. އެ މަސައްކަތްތަކުގަ ވެސް ސްޓެލްކޯގެ މުވައްޒަފުން ހަމަ އަމަލީ ގޮތުން ބައިވެރިވެފައިވާނެ. އަދި ސްޓެލްކޯގެ ތަފާތު ތަކެތި ހަދިޔާ ކުރެވުނު އެކަންކަމުގަ.

މުޣުނީ

މީގެ އިތުރުން ވެސް އެންއީއޯސީ ގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ގައުމީ ޚިދުމަތުގައި  މަސައްކަތް ކޮށްފައިވާއިރު، އެންއީއޯސީގައި ސްޓެލްކޯގެ މުވައްޒަފެއް އިސްކޮށް މަސައްކަތް ކޮށްފައިވާ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.

STELCP ސްޓެލްކޯ

މުޢުނީ "ދެން" އަށް އިންޓަރވިއު ދެއްވަނީ.. ދެން އިމޭޖްސް: އިބްރާހީމް ޝަމްވީލް

2020 ވަނަ އަހަރުގެ ގިނަ ލަނޑުދަނޑިތައް ސްޓެލްކޯއިން ވަނީ ހާސިލު ކޮށްފަ

2020 ވަނަ އަހަރުގައި ސްޓެލްކޯއިން ގިނަ ލަނޑުދަނޑުތައް ވަނީ ހާސިލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން މުޣުނީ "ދެން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ އަހަރުގެ ގިނަ ލަނޑުދަނޑިތައް ހާސިލުވެފައި ވީނަމަވެސް ބައެއް ކަންކަމަކީ ފުރަބަންދުގެ ސަބަބުން އޮފީހަށް އާދެވެން ނެތުމުގެ ސަބަބުން ނުކުރެވިފައި ހުރި ކަންކަން ކަމުގައެވެ. މީގެއިތުރުން ސްޓެލްކޯއާއި ގުޅުން ހުރި ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުންނާ ގުޅިގެން ކުރަން ހުރި ކަންކަން އެންމެ އެދެވޭ ހަލުވި ސްޕީޑުގައި ފުރިހަމަ ނުކުރެވޭ ކަން ވެސް މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

ދެން އިމޭޖްސް: އިބްރާހީމް ޝަމްވީލް

ބައިނަލްއަގުވާމީ 2 އެވޯޑެއް ސްޓެލްކޯއަށް ލިބިފައިވާއިރު، މުޣުނީ ވިދާޅުވީ ޖުމުލަކޮށް 2020 ވަނަ އަހަރަކީ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމުގައި ބެލެވޭ ކަމަށެވެ. ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާ ވާދަކޮށް ސްޓެލްކޯއަށް މި 2 އެވޯޑު ލިބިގެން ދިއުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކަމެއްކަމަށާއި، މިކަމަކީ ވެސް 2020 ވަނަ އަހަރު ކުންފުންޏަށް ލިބިގެން ދިޔަ ފާހަގަ ކޮށްލެވޭ ބޮޑު 2 ކާމިޔާބީއެއް ކަމަށެވެ.

ދެން އިމޭޖްސް: އިބްރާހީމް ޝަމްވީލް

ކޮވިޑު-19 އާ ގުޅިގެން މުވައްޒަފުންނަށް ލުއިތަކެއް ދެވުނު

ކޮވިޑު-19 އާ ގުޅިގެން ރާއްޖޭގެ އެކި ކުންފުނިތަކުގެ ހިންގުމަށާއި، މުވައްޒަފުންގެ ޑިއުޓީ ތާވަލަށް އެކި ކަހަލަ ބަދަލުތައް ގެނެވިފައިވާއިރު، ސްޓެލްކޯއިން ވެސް ވަނީ ކޮވިޑާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ލުއި ގޮތަތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މި ބަލީގެ އެންމެ ނުރައްކާ ބޮޑު، އެހެނީ "ހައިރިސްކް" މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ސްޓެލްކޯއިން ހަމަޖައްސައިދީފައި ވާނެ ކަމަށް މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

ހައިރިސްކުގަ ތިބި ހުރިހާ އެންމެން، އެބޭފުޅުންނަށް ގޭގަ މަސައްކަތް ކުރެވޭ ގޮތަށް ކަންކަން އިންތިޒާމު ކުރެވުނު. ގޭގަ މަސައްކަތް ނުކުރެވޭ މީހުން ވެސް ހަމަ ގޭގަ ބައިތިއްބައިގެން އަޅުގަނޑުމެން ކުރިއަށް މި ގެންދިޔައީ

މުޣުނީ

ކުރަންޖެހޭ މަސައްކަތެއްގެ ބާވަތަށް ބަލައި ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތައް، ގޭގައި ތިބެގެން ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަހައްސައި، ގޭގައި ތިބެގެން މަސައްކަތް ކުރެވެން ނެތް މުވައްޒަފުންގެ ތެރެއިން ވެސް ހައިރިސްކުގެ މުވައްޒަފުން ގޭގައި ބައިތިއްބައިގެންނާއި، އޮފީސްތެރޭގައި މަޑުކޮށްގެން ކުންފުނީގެ ޚިދުމަތް ދެމުން ގެންދެވުނު ކަމަށް މުޣުނީ "ދެން" އާ ވާހަކަފުޅު ދައްކަވަމުން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ ކަންބޮޑުވުން : އެކި ދުވަސްތަކާ ދިމާކޮށް ކަރަންޓު ބިލް ބޮޑުވުން

އެކި ދުވަސްތަކާ ދިމާކޮށް ގޭގެ ކަރަންޓު ބިލަށް އަރާ އަދަދު ބޮޑުވެގެން އެކަމާ ކަންބޮޑުވުން ފާޅުކުރާ މީހުން ވަރަށް ވެސް ގިނައެވެ. މިކަމާ ގުޅިގެން "ދެން" ކުރި ސުވާލަކަށް މުޣުނީ ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ، ހަގީގަތުގައި ކަރަންޓު ބިލަށް އަރާ އަދަދު ބޮޑުވެގެން ދަނީ ކަރަންޓު އިސްރާފު ކުރެވޭ މިންވަރު ގިނަވާތީ ކަމަށާއި، މިކަމާ ގުޅިގެން ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރަށް ޚާއްސަ ސަމާލުކަމެއް ދެވިއްޖެނަމަ އެކި ހިސާބުތަކުން ގާތްގަނޑަކަށް 15 އިންސައްތަ ކަރަންޓު ބެނުން ކުރެވޭ މިންވަރު ދަށް ވެގެންދާނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޚުވެފައެވެ.

ދިރިއުޅުމުގައި ކަންކަން ހުންނަ ގޮތުން އަޅުގަނޑުމެންގެ ގިނަ ބަޔަކީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓު ބޭނުންކުރާ ފަރާތްތައް. ހޫނު މޫސުމުގަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ ހާއްސަ ސަމާލުކަމެއް ދެން އެބަ ޖެހޭ ކަރަންޓު ބޭނުންކުރާ ގޮތަށް.

މުޣުނީ

2021 ވަނަ އަހަރަށް ސްޓެލްކޯއިން ރާވައިފައި ހުރި ކަންކަން

2021 ވަނަ އަހަރަށް ސްޓެލްކޯއިން ރާވައިފައި ހުރި ކަންކަމަކީ ކޮބައިތޯ "ދެން" އިން ކޮށްލި ސުވާލަށް ސްޓެލްކޯގެ އެމްޑީ މުޣުނީ ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ، ސްމާޓް މީޓަރު ގެ ޚިދުމަތް ދެވެން ފަށާނެކަމަށެވެ. އެގޮތުން 2021 ވަަ އަހަރުގެ ކުރީކޮޅަަށް ތަޢާރަފުކުރަން ނިންމާފައިވާ ސްޓެލްކޯގެ މި އައު ޚިދުމަތަކީ، ރައްޔިތުންނަށް އޭގެން އެތައް ފަސޭހަތަކެއް ވެގެންދާނެ ޚިދުމަތެއް ކަމުގައެވެ.

މި ޚިދުމަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ކަނޑައަޅަން ފަސޭހަވެ، މި ޚިދުމަތަށް ޚާއްސަކޮށް ތައްޔާރު ކުރެވޭ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަރަންޓު ބޭނުންކުރެވިފައިވާ މިންވަރު، ގެންގުޅޭ ފޯނުން ބަލާލެވުމުގެ ފުރުސަތު ފަހި ވެގެން ދާނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ. ބިލަށް އަރައިފައިވަނީ ކިހާވަރެއްތޯއާއި، އެ މަހެއްގައި ކަރަންޓު ބިލަށް އަރުވަން ބޭނުންވަނީ ކިހާވަރެއްކަން ބެނުންކުރާ ފަރާތަކަށް އަމިއްލައަށް ޚިޔާރުކުރުމުގެ ފަހި ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް މުޣުނީ ފާހަގަ ކުރައްވާފައިވެއެވެ.

ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގް ސޯލާ ޕޮޑް

ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން އިތުރު ކުރުމަށްޓަކައި ސްޓެލްކޯއިން ތަޢާރަފުކުރި ފްލޯޓިންގް ސޯލާ ޕޮޑަކީ ކަރަންޓުގެ ޚިދުމަތަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި ސްޓެލްކޯއިން އުފެއްދި އެކުންފުނީގެ އަމިއްލަ އުފެއްދުމެކެވެ. އެގޮތުން ސްޓެލްކޯއިން ތަޢާރަފު ކުރެވުނު ފްލޯޓިންގް ސޯލާ ޕޮޑަކީ ތިމާވެއްޓާ ރައްޓެހި، ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް އެކަތި އަނެކައްޗަށް ރީއްޗަށް ގުޅައިލައިގެން ތައްޔާރު ކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ފަޅު ރަށްރަށުގައި ވެސް މީގެ ދެތިން ޕޮޑު ބާއްވާލައިގެން ބޭނުންވާ ވަރަކަށް ކަރަންޓު ލިބިގެންދާނެ. މި ޕރޮޑަކްޓަކީ ވަރަށް މޮބައިލް ޕްރޮޑަކްޓެއް. ޕިކްނިކް ދާކަމުގައިވާނަމަ މި ޕޮޑުތައް ގެންދެވިދާނެ. ބޭނުންކޮށް ނިމުނީމަ އެހެން ތާކަށް ވެސް ގެންދެވިދާނެ. މިކަހަލަ ފަސޭހަ އެއްޗެއް ފްލޯޓިންގް ސޯލާ ޕޮޑަކީ

މުޣުނީ

ސްޓެލްކޯއިން ތަޢާރަފުކުރި ސޯލާ ޕޮޑް. ދެން އިމޭޖްސް: މުޙައްމަދު ޙައްޔާން

ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ސްޓެލްކޯ

މި ދުވަސްވަރަކީ ހިޔާނާތާއި ވައްކަމުގެ އެތަކެއް ބޮޑެތި ޖަރީމާތަކެއް ހިންގަމުން އަންމަ ދުވަސްވަރަކެވެ. އެގޮތުން ސްޓެލްކޯއިން މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ލައްވާ އިގުރާރެއްގައި ސޮއެ ކުރެވުނު ކަމަށާއި، ކޮންމެ މުވައްޒަފެއް ވެސް މަސައްކަތުގެ މާހައުލުގައި ކުރަން ޖެހޭ މަސައްކަތްތަކާއި ކުރަން ނުޖެހޭ މަސައްކަތްތައް ދަނެ އެފަދަ ކަންކަމަށް އަހުލުވެރި ކުރުމުގެ މަސައްކަތް ކުރެވިފައިވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ "ދެން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ކުންފުނީގެ މުވައްޒަފުންނަށް އައްސަރިބަހާއި ސާބަސް

2020 ވަނަ އަހަރަކީ މުޅު ދުނިޔޭގެ އިޤްތިޞާދު ވަރަށް ބޮޑުތަކުން ދަށް ކޮށްލައިފައިވާ އަހަރެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން މިހާލަތުގައި ސްޓެލްކޯގެ މުވައްޒަފުން ވެސް ވަނީ އެބޭފުޅުންގެ މިންނެތް ބުރަ މަސައްކަތްތަކުން ރީތި ނަމޫނާއެއް ދައްކައިފައެވެ. އެގޮތުން ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން މުޣުނީ ވަނީ އެ ކުންފުނީ އެންމެހާ މުވައްޒަފުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި އައްސަރިބަހާ ސާބަސް ރައްދުކޮށްދެއްވައިފައެވެ.

ސްޓެލްކޯގެ މުވައްޒަފުންނަކީ މަސައްކަތަށް ވަރަށް ވެސް ކަމޭހިތާ ރަނގަޅު ބައެއް. ކަންކަން އަޅުގަނޑުމެނަށް ކުރިއަށް އޮތް ތަނުގައި ކުރެވޭނީ ހަމަ މިއަދު މިކުރާ މަސައްކަތް މިއަދު މިކުރާ މިންވަރަށް ކޮށްގެން އެކަންޏެއް ނޫން. މާދަމާ ވެސް ހަމަ އެމިންވަރަށް މިއަށް ވުރެ ރަނގަޅަށް ކޮށްގެން. މިހެން ކަންކަން ކުރެވޭ ނަމަ ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއަށް މި ލިބުނު ފަދަ ކާމިޔާބީތައް ކުރިއަށް އިތް ތަނުގައި ލިބިގެން ދާނެ.

މުޣުނީ

ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބުމުގައި އެއްވެސް އުނދަގުލަކާ ކުރިމަތިވިޔަ ނުދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ވަނީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެފައެވެ. ހަގީގަތުގައި ވެސް މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އަލިވިލުމެއްވާނަމަ އެ އަލިކަމުގެ ފަހަތުގައި ސްޓެލްކޯގެ ހިއްސާ ވަރަށް ވަރަށް ވެސް ބޮޑުވާނެ ކަން ގައިމެވެ.

Ads by Ooredoo
  1. މުޙަންމަދު

    ކާމިޔާބު ވާނެއްނު! ރައްޔިތުން ލޮކް ކޮށްފަ ނުހައްގުން ބިލުތަކަށް ހިތައް އެރި ވަރެއް ޖަހާ ފޮނުވާލީމަ ކިހާ ކާމޔާބުވާނެ!