ޚަބަރު

ޒާހިދުގެ މެސެޖު ކުރިތާ 24 ގަޑިއިރު ނުވެ، ހައިކޯޓުގައި މައްސަލަ ތާވަލު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޒާހިދު ރަމީޒް/ ފޮޓޯ: ސަން

އިދިކޮޅު ޕީޕީއެމްގެ ކައުންސިލު މެންބަރެއް ކަމުގައިވާ ޒާހިދު ރަމީޒަށް ދައުލަތުން ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބިގެންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ބަހުގެ އިތުބާރު ނެތްކަމަށް ވިދާޅުވެ ރައީސަށް އިއްޔެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވައި ކުރި މެސެޖެއް ޓުވިޓާގައި އާންމު ކުރިތާ 24 ގަޑި އިރުނުވެ، ޒާހިދު ހިއްސާވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްސަލައެއް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

Ads by MWSC

މިއީ ސްޓްރާޑާ ކުންފުނީގެ ދަށުން ހިންގި ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ބިމުގެ ކުއްޔާ ގުޅޭ މައްސަލައެއްކަމަށް އެނގިފައިވެއެވެ.

ސްޓްރާޑާގެ ފަރާތުން މިމައްސަލަ ހައިކޯޓުގަައި އިސްތިއުނާފު ކުރުމުން، މައްސަލައާ ގުޅޭގޮތުން އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ނަމަވެސް ޒާހިދު ރައީސް ޞާލިޙަށް އިއްޔެ މެސެޖެއް ފޮނުވިތާ 24 ގަޑިއިރުނުވެ، މިމައްސަލައިގެ އަޑުއެހުމެއް މިވަނީ ހައިކޯޓުގައި ތާވަލު ކޮށްފައެވެ.

ވަޓްސްއެޕް މެދުވެރިކޮށް ޒާހިދު ރައީސް ޞާލިހަށް ފޮނުއްވި އުފަންދުވަހުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް "މި ހަމަޖައްސަނީ" ކަމަށް ވިދާޅުވުމުން ވަރަށް ކެތްތެރިކަމާ އެކު ދެ އަހަރު މަޑުކޮށްފައިވާ ކަމަށާއި އާއިލާ މީހުންގެ ބަސް އަހައިގެން ވެސް ހުރެވިއްޖެ ކަމަށެވެ.

ރައީސް އަށް ފޮނުއްވި މެސެޖުގައި ޒާހިދު ވިދާޅުވެފައި ވަނީ އިންސާނެއް ވެއްޖިއްޔާ ބުނާ ބަހެއްގައި ކޮންމެވެސް ކަހަލަ އިތުބާރެއް އޮންނަން ވާނެ ކަމަށާއި އަދި ޖާހިލިއްޔަ ޒަމާނުގައިވެސް އެކަން އޮންނަނީ އެހެން ކަމަށެވެ.

“ދެން” އަށް އެނގިފައިވާ ގޮތުގައި ޒާހިދު އެ ހާމަ ކުރައްވާފައިވާ އާއިލީ މެމްބަރަކީ ޒާހިދު ނިސްބަތްވާ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އެވެ.

Ads by Ooredoo
  1. ރަސް

    ރަނގަޅުތާ ހަނދާން ކޮށްދިންކަން. އެހެން ނޫންނަމަ ހައިކޯޓުން އަދިވެސް ޠާވަލް ނުކުރީސް ކަންނޭނގެ. އެއީ ކޮންމެހެން ރައީސް ޞާލިޙް އަށް މެސެޖްކުރީމަ ޠާވަލް ކުރީކީ ނޫން. މެސެޖް ކުރީމަ ކޯޓަށް ހަނދާންވީ.