އިނގިރޭސިވިލާތުގައި އޮކްސްފޯޑް ވެކްސިން އެންމެ ފުރަތަމަ ދިނީ ޑައަލިސިސް ހަދާ މީހަކަށް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުން އުފެއްދި އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން އެޤައުމުން ބޭނުން ކުރަން ފަށައިފިއެވެ.
އޮކްސްފޯޑުން އުފެއްދި ވެކްސިން އެޤައުމުގައި މިއަދު ދޭން ފަށާފައިވާއިރު، މިވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ އުމުރުން 82 އަހަރުގެ ބްރައަން ޕިންކަރ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާއަކީ ޑަޔަލިސިސް ހަދަމުންދާ ބަލި މީހެއްކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.
ބްރައަން އަށް ވެކްސިން ދޭން ފަށާފައި ވަނީ އޮކްސްފޯޑްގެ ޗަރޗިލް ހޮސްޕިޓަލުގައެވެ. އޭނާގެ ގަޔަށް ވެކްސިން ޖަހާފައި ވަނީ ސޭމް ފޮސްޓަރ ނަމަކަށް ކިޔާ މީހެކެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އިނގިރޭސިވިލާތުގައި މިއަދު އޮކްސްފޯޑް ވެކްސިން ދޭން ފަށާފައިވާއިރު، މިހާރު ވެސް އެޤައުމުގެ ބައި މިލިއަނެއްހާ މީހުންނަށް ވަނީ މިވެކްސިން ދީފައެވެ.
އިނގިރޭސިވިލާތުގެ ސިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮން ވިދާޅުވީ، އިތުރު ވެކްސިން ޖަހަން ފެށުމުން، އެޤައުމުގައި ވައިރަސް ފެތުރުން ވަރަށް ބޮޑުތަނުން މަދުވެ، ރައްކާތެރިކަން އިތުރުވެސް ވާނެ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް ލުއިތައް ވެސް ދެވޭނެ ކަމަށް ހެންކޮކް ވިދާޅުވެފައިވެއެވެ.
ސިއްޙަތާބެހޭ ވަޒީރު މިހެން ވިދާޅުވި ނަމަވެސް، އެޤައުމުގެ ބޮޑު ވަޒީރު މިއަދު ވިދާޅުވެފައިވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.