ދުނިޔެ

ގެއިން ނިކުތީ “ޝޮޕިން” އަށް، އައިއިރު އައީ ކޮވިޑު ވެކްސިން ވެސް ޖަހައިގެން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޑޭވިޑް މެކް މިލިއަން ނަމަކަށް ކިޔާ އެމެރިކާގެ ޒުވާނަކު އޭނަގެ ރައްޓެއްސަކާއެކު ފިހާރައަކަށް ގޮސް ވިޔަފާރި ކުރުމުގެ ތެރޭގައި ކޮވިޑު ވެކްސިން ޖެހުމުގެ ފުރުސަތު ލިބުމުން ވެކްސިން ޖަހައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ނޫހެއް ކަމަށްވާ “އެންޑީޓީވީ” އިން މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޭވިޑާއި އޭނާގެ ރައްޓެހި މީހާ ވިޔަފާރި ކުރަމުން ދިޔައީ އެމެރިކާގެ ބޮޑު ކާއެއްޗެހި ވިއްކާ ފިހާރައެއް ގައެވެ. އަދި އެތަނުގެ ފާމަސީ ގައި މަސައްކަތް ކުރާ މުވައްޒަފެއް އެދެމީހުންނަށް ވެކްސިން ޖެހުމަށް ފުރުސަތު ދިނުމުން އެމީހުން އެ ފުރުސަތުގެ ބޭނުން ހިފީ ކަމަށް ވެސް ޚަބަރު ތަކުން މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ބޮޑު ފިހާރައަކުން މިފަދަ ފުރުސަތެއް އެމީހުންނަށް ހޯދައިދިނުމުން އެމީހުން ވަރަށް ހައިރާންވީ ކަމަށާއި، އާދައިގެ މަތިން ފިހާރައަކަށް ގޮސް އުޅުމުގެ ތެރޭގައި ، ކޮވިޑަށް ތައްޔާރު ކުރެވުނު ވެކްސިން އެމީހުންނަށް ޖެހުމުގެ ފުރުސަތު ލިބޭނޭ ކަމަށް އެއްވެސް ވަރަކަށް އުއްމީދު ވެސް ނުކުރާ ކަމަށް އެމީހުން ބުނެފައި ވެއެވެ.

ސަބަބަކީ މިދުވަސްވަރު ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދެނީ ފްރޮންޓު ލައިނުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ވެފައި އޭނާއަކީ އެފަދަ ކަމެއްގައި އެއްވެސް އިރެއްގައި އުޅުނު މީހަކަށް ވެސް ނުވާތީއެވެ.

ޑޭވިޑު ވަނީ އޭނާއަށް ވެކްސިން ދެނިކޮށް އެ މަންޒަރު ވީޑިއޯ ކުރުމަށް ފަހު ޓިކްޓޮކުގައި އާންމު ކޮށްފައެވެ. ޓިކްޓޮކުގައި އާންމު ކުރި ހިސާބުން މާ ގިނަ އިރުތަކެއް ނުވަނީސް 7 ލައްކައަށް ވުރެ ގިނަ މީހުން އެ ވީޑިއޯ މިހާތަނަށް ބަލައިފައިވާ ކަމަށް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އޭނާ ބުނެފައިވާ ގޮތުގައި އެ ވެކްސިނަކީ އަސްލު ހަގީގަތުގައި ފްރޮންޓު ލައިން ގައި މަސައްކަތް ކުރާ މީހުންނަށް ޖަހަން ގެނައި ވެކްސިން ތަކެއް ކަމަށާއި، އެ ވެކްސިނަކީ ގަނޑުކޮށްފައި ބަހައްޓަން ޖެހޭ ވެކްސިނެއް ކަމުން އެމީހުން ވެކްސިން ޖަހަން ނައުމުގެ ސަބަބުން ބޭކާރު ވިޔަ ނުދިއުމަށްޓަކައި އެމީހުންނަށް ޖެހުމުގެ ފުރުސަތު ދިނީ ކަމަށެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑު-19 އަށް ފަރުވާއެއް ގޮތުގައި ވެކްސިން ތައްޔާރު ކުރެވި މިހާރު ފްރޮންޓު ލައިނުގައި މަސައްކަތް ކުރާ ބޭފުޅުންނަށް އަންނަނީ އެ ވެކްސިން ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!