ސައުދީގެ ބޯޑަރުތައް ހުޅުވާލަނީ
އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސައުދީގެ ހުރިހާ ބޯޑަރުތަކެއް ހުޅުވާލާނެކަން އެ ޤައުމުން އިއުލާން ކޮށްފިއެވެ.
ސައުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ހުރިހާ ބޯޑަރެއް އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. ސައުދީގެ ބޯޑަރުތައް ބަންދު ކޮށްފައި ވަނީ ކޯވިޑްގެ ނުރައްކާ މުޅިދުނިޔެއަށް ބޮޑުވުމާ ގުޅިގެންނެވެ. ހައްޖާއި އުމްރާ ދަތުރުތައް ހުއްޓާލާ ސައުދީން އެ ޤައުމުގެ ބޯޑަރުތައް ބަންދުކުރީ މިިދިޔަ އަހަރުގެ މާރިޗުމަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެދުވަހު ވަނީ ދެ ހަރަމު ވެސް ބަންދުކޮށް އާއްމުކޮށް ހުޅުވާލައިގެން މީހުންނަށް ނުވަދެވޭގޮތަށް ނަމާދު ކުރުން ވެސް ހުއްޓާލާފައެވެ.
ކޯވިޑްގެ އައު ވައްތަރެއް ފެނުމުން ސައުދީއިން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. ކޮވިޑް އާ ވޭރިއަންޓާ ގުޅިގެން އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތްއިރު މި ބަދަލާ އެކު ސައުދީރަ އްޔިތުންނަށް ޤައުމުން ބޭރަށް ދިޔުމާއި އެހެން ޤައުމުތަކުން އެޤައުމަށް އެތެރެވުމުގެ ހުއްދަ ވެސް އޮންނާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.
އަންނަ މާރިޗުމަހު ބޯޑަރުތައް ހުޅާލަން ނިންމި ނަމަވެސް އެ ވަގުތާއި ހަމައަށް ވެސް ކޯވިޑްގެ ހާލަތު ގާތުން ބަލަމުން ދާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.