ފޮނަދޫން ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހާ ކޮވިޑަށް ނައްސި

ގއ.ދެއްވަދޫން ލ.ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވެފައިވާތީ، ހެދި ކޮންޓެކްޓް ޓްރޭސިންގ އިން އެމީހާއާ ސީދާ ބައްދަލުވި ދެމީހެއްގެ ނަތީޖާ ނައްސި (ނެގަޓިވް) ވެއްޖެއެވެ.
ފޮނަދޫގައި ހުންނަ ލ.ފޮނަދޫ ސިއްޙީ މަރުކަޒުން ބުނެފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައި ނަތީޖާ ލިބިފައިވާ ކަމަށާއި 2 މީހުންގެ ނަޖީތާ ނައްސި ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 12 ފަރާތެއްގެ ސާންޕަލް ވަނީ ޓެސްޓް ކުރަން ފޮނުވާފައެވެ. އަދި މި ޓެސްޓްތަކުގެ ނަތީޖާއެއް ނުލިބެއެވެ.
ފޮނަދޫން 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، ފޮނަދޫއާއި އެރަށާ އިން ވެގެން އޮންނަ ގަމަށް މީހުން އަރާ ފޭބުން މަނާކޮށް، ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.