އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގެ ޝަރީއަތް މިމަހު 31ގައި
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ މައްސަލައިގައި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ހިންގުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މި މަހުގެ 31 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.
އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެންނެވެ.
އަދުރޭގެ މައްޗަށް ދަޢުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅައިފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލު ކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.
އަދުރޭއަށް ދައުވާ ކުރުން އިދިކޮޅުން ސިފަ ކުރަނީ އެ ޕާޓީގެ ބޭފުޅުންނަށް އިންޒާރު ދިނުމުގެ ގޮތުން އަދި ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައެވެ. ހަމަ އެހެންމެ މި އަމަލަކީ އިދިކޮޅުން އުފުލަމުންދާ އަޑު ކަނޑުވާލުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް އިިދިކޮޅުން ބުނެއެވެ.
ބޭކާރު މައްސަލަ ….ކުރާނެ ކަމެއް ނެތް..
ތި މައްސަލަިއިގާ އަނގަ ފެހުމަށް ހުކުން ކުރުން އެކަށީގެންވޭ