ޚަބަރު

ފޮނަދޫ ކޮވިޑް-19 ކްލަސްޓާރ: ޑައިރެކްޓް ކޮންޓެކްޓްވި 40 މީހުންވެސް ނައްސި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ލ. ފޮނަދޫ ސިއްހީ މަރުކަޒު. ދެން ފައިލް ފޮޓޯ

ގއ.ދެއްވަދޫން ލ.ފޮނަދޫއަށް ދަތުރުކުރި 4 މީހެއް ކޮވިޑަށް ފައްްސިވުމާ ގުޅިގެން އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކުރި ޓެސްޓްތައް ނައްސި (ނެގަޓިވް) ވެއްޖެއެވެ.

Ads by Hajj Corporation

ލ.ފޮނަދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ، އިއްޔެ ނެގި 40 ސާންޕަލް ވެސް ނަައްސިވެފައިވާ ކަމަށެވެ. މިއާއެކު ޑައިރެކްޓް ކޮންޓެކްޓްވި ޖުމްލަ 52 މީހަކު ވަނީ ޓެސްޓްކޮށްފައެވެ. މިއެންމެންނަށްވެސް ބަލި ނުޖެހޭކަން ފާހަގަ ކޮށްލެވެއެވެ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްޓަކައި ފޮނަދޫން މިހާތަނަށް 27 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

އެއީ:
▪︎ މާޖެހިގެ / ލ. ފޮނަދޫ
▪︎ އަލިތަރި / ލ. ފޮނަދޫ
▪︎ ނޮކްސްވިލާ/ލ.ފޮނަދޫ
▪︎ސްނޯޕީ / ލ.ފޮނަދޫ (ދެކުނު ފަރާތް)
▪︎ ދަރުކަން / ލ.ފޮނަދޫ
▪︎ފުސްތުޅާގެ / ލ. ފޮނަދޫ
▪︎އުފާ / ލ،ފޮނަދޫ
▪︎ލައިނޫފަރުމާގެ / ލ،ފޮނަދޫ
▪︎ކޮނެންޓާވިލާ / ލ،ފޮނަދޫ
▪︎ބަގީޗާގެ / ލ،ފޮނަދޫ
▪︎ޒިއުރިކް / ލ،ފޮނަދޫ
▪︎އެވަރޕީސް / ލ،ފޮނަދޫ
▪︎ބަނަފްސާގެ / ލ،ފޮނަދޫ
▪︎ހަޔެތު / ލ،ފޮނަދޫ
▪︎ޗާންދަނީ ވިލާ / ލ،ފޮނަދޫ
▪︎ތިބުރޯޒުގެ / ލ،ފޮނަދޫ
▪︎އަސަރީގެ / ލ،ފޮނަދޫ
▪︎ލެގޫން / ލ،ފޮނަދޫ
▪︎އާހިޔާ / ލ،ފޮނަދޫ
▪︎ދަރުމަ / ލ،ފޮނަދޫ
▪︎އުޝާ / ލ،ފޮނަދޫ
▪︎އާލަމް / ލ،ފޮނަދޫ
▪︎އެންދެރިމާގެ / ލ،ފޮނަދޫ
▪︎ޗެރީޕާކް / ލ،ފޮނަދޫ
▪︎މެރީރޯސް / ލ. ފޮނަދޫ
▪︎ހިތައްފިނިވާގެ / ލ. ފޮނަދޫ
▪︎މަލަސް / ލ. ފޮނަދޫ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވި މީހާ، ފޮނަދޫގައި ކުރިޔަށް ދިޔަ ޖަނާޒާއެއްގައި ވެސް ވަނީ ބައިވެރިވެފައެވެ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ފޮނަދޫ ސިއްހީ މަރުކަޒުން ކުރިޔަށް ގެންދާއިރު، ކޮވިޑް-19 ޖެހުނު ފަރާތާ ކޮންޓެކްޓްވި ފަރާތެއްވާނަމަ، 6800019 ނުވަތަ 6800017 ނަންބަރު ފޯނަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެފަރާތުން އެދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!