ދުނިޔެ

"ވޯލްޑް މެމޮރީ ޗެމްޕިއަންޝިޕް" ޕާކިސްތާނުގެ ޒުވާން މުސްލިމު ކުއްޖެއް ކާމިޔާބު ކޮށްފި 

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

29 ވަނަ ދުނިޔޭގެ މެމޮރީ ޗެމްޕިއަންޝިޕް ، ޕާކިސްތާންގެ ޒުވާން އަންހެން ކުއްޖަކު ކާމިޔާބު ކޮށްފިއެވެ.

Ads by Sosun Fihaara

300 ބައިވެރިންނާ ވާދަކޮށް މި މުބާރާތް ކާމިޔާބު ކުރީ ޢީމާ ޢާލަމް ކިޔާ މުސްލިމު ކުއްޖެކެވެ. މި މުބާރާތުގައި އެތައް ގައުމެއްގެ ކުދީންނެއް ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ، ކެނެޑާ، މެލޭޝިއާ، ޔޫކޭ، އަލްޖީރިއާ، އެމެރިކާ، ހޮންކޮންގ، މަކާއޯ، ޓައިވާން ، ލީބިޔާ އަދި ގަތަރާއި އިރާގު ހިމެނެއެވެ.

އީމާ ވަނީ ތިން ދުވަހަށް ދެމިގެން ދިޔަ މި މުބާރާތުގައި9500 ޕޮއިންޓް ހޯދާފައެވެ. މި މުބާރާތަކީ އެންމެ ފަރިތަ ، އެންމެ އަވަސް ، އަދި އެންމެ ތޫނު ވިސްނުމުގެ ހުނަރު ދެނެގަންނަ މުބާރާތެކެވެ.

އީމާ ވަނީ މީގެ ކުރީން ވެސް މިފަދަ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މެލޭޝިއާގައި ބޭއްވި 3 ވަނަ އޭޝިއާ ޕެސިފިކް މެމޮރީ ޗެމްޕިއަންޝިޕާއި ޗައިނާގައި ބޭއްވި 28 ވަނަ ވޯލްޑް މެމޮރީ ޗެމްޕިއަންޝިޕުން ވެސް ގިނަ މެޑަލްތަކެއް އީމާ ވަނީ ހޯދާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!