ޚަބަރު ރާއްޖޭ ކުޅިވަރު ކުޅިވަރު ފުޓްބޯޅަ

ޑުޕާ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް 2021 ގެ ގުރުނަގައިފި!

އަލީ ޝިފާޒް ، ދެން އޮންލައިން
މަޅި އެމްވީގެ އެމްބެސަޑަރ އަޔާޒު ، އަޔާ މި މުބާރާތުގައި ފެނިގެންދާނީ މަސްއޮޑި ސކ އިން - ފޮޓޯ ވަގުތު

މަޅި މޯލްޑިވްސް އިން ބާއްވާ "ޑުޕާ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް 2021" ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. މުބާރާތުގައި 32 ޓީމު ބައިވެރިވެފައިވާ އިރުގައި ޓީމުތައް ބަހާލާފައިވަނީ 8 ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި 4 ޓީމު ހިމެނެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2021 ވަނަ ދުވަހުގެ ރޭގެ 21:00ގައެވެ.

މުބާރާތުގެ ގުރޫޕްތައް ބެހިފައިވާ ގޮތް. ގުރޫޕް ސްޓޭޖްގައި ފޯރިގަދަ މެޗްތަކެއް ކުޅޭނެ

މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕާކް ބޯއީސް އާއި ކުލަބު އޯ ވަން އޯ އެވެ. ކުލަބު އޯ ވަން އޯގައި ފުޓްސަލްގެ ގިނަ ތަރިންތަކެއް ހިމެނެއެވެ. އެގޮތުން، އިބްރާހިމް އަސްވަދު (ގަބޭ)، ޢަލީ ޝިފާއު (ރޮނާ)، އިބްރާހިމް ސިނާހު (ސިނާ)، އަދި މުޙައްމަދު ލިޔާހު ހިމެނެއެވެ.

މުބާރާތުގެ ދެވަނަ މެޗްގައި ކުޅޭނީ، ފުޓްސަލް ލެޖެންޑް އަޙްމަދު ވިސާލް (އަންދު) އާއެކު ނިކުންނަ ހަލަބޮލި އާއި، ރެމްޕޭޖްއެވެ. ރެމްޕޭޖްގައި ވެސް ފުޓްސަލްގެ ގިނަ ތަރިން ހިމެނެއެވެ. އެގޮތުން، މުޙައްމަދު ރަޝީދު (ހޮކޭ)،  އަޙްމަދު އައިހަމް، އަޙްމަދު ވިޖުދާން (ވިޖުއްކޮ)ގެ އިތުރުން ޝިފާޒް އާދިލް (މަޓާ) ހިމެނެއެވެ. މިޓީމުގެ ގޯލް ބަލަހައްޓާނީ އައްޑޫގައި ދާދި ފަހުން ބޭއްވުނު ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން އުސަގަނޑަ އެފްސީ ގެ ގޯލް ކީޕަރު އިބްރާހިމް ނާޖިހު (ހޭޓް) އެވެ.

މުބާރާތުގައި ޖުމްލަ 63 މެޗް ކުޅޭނެއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަ އަކީ ބިގްމޭން ގެ ޑުޕްރ ފިފްޓީން އެވެ. ކޯ ސްޕޮންސަރ އަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ. ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ ޕްރޮފްލެކްސް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާޓުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 8000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!