ޚަބަރު

ގަމުން އިތުރު 2 މީހަކު ކޮވިޑަށް ފައްސިވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ގަން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލ.ގަމުން މިއަދު ކޮވިޑް-19 އަށް ފައްސިވިމީހާއާ ގުޅުންހުރި އިތުރު 2 މީހަކު މިބައްޔަށް ފައްސި ވެއްޖެއެވެ. މިއާއެކު ގަމުން މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 3 އަށް އަރާފައެވެ.

Ads by MWSC

"ދެން" އަށް މަޢުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ، ފައްސި ވެފައި ވަނީ މިއަދު ކޮވިޑް-19 ޖެހުނު އަންހެން މީހާގެ ދެ ދަރިން ކަމަށެވެ. އަދި މިދެކުދިން ތިބީ އެކުދީންގެ މަންމައާއެކު އެއްތަނެއްގައި ކަރަންޓީންވެގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ގަމުން މިއަދު ފައްސިވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި އަންހެނަކާއި 14 އަހަރުގެ އަންހެން ކުއްޖަކާއި ދެ އަހަރުގެ ކުއްޖެކެވެ.

ގއ.ދެއްވަދޫން ، ގަމާއި އެއްފަސްކޮށް އޮންނަ ފޮނަދޫއަށް ދަަތުރު ކުރި 4 މީހަކު ބައްޔަށް ފައްސިވުމާއި ގުޅިގެން މިވަގުތު ގަން އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ގަމާއި ފޮނަދޫއިން ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. އެގޮތުން ގަމުން 276 ސާމްޕަލް އަދި ފޮނަދޫން 125 ސާމްޕަލް ވަނީ ނަގާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!