ޚަބަރު

މިއަދު ފައްސިވީ މީހުންގެ ތެރެއިން 27 މީހުން ފައްސިވީ ރިސޯޓަކުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގައި ކޮވިޑް-19 ފެތުރި ގިނަ ބަޔަކު ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ރާއްޖެއިން 59 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 27 މީހަކު ފައްސިވެފައި ވަނީ މި ރިސޯޓުންނެވެ.

އެޗްއީއޯސީ އިން މިރޭ ވިދާޅުވީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގެ މުވައްޒަފަކު ފުރަތަމަ ފައްސިވެފައި ވަނީ ރާއްޖެއިން ބޭރަށް ދަތުރު ކުރުމުން 03 ޖަނަވަރީ ގައި ކަމަށެވެ.

އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީނު ކުރިއިރު، ކަރަންޓީނު ކުރި މީހުންގެ އިތުރުން އެހެން 4 މީހަކު ވަނީ ޖެނުއަރީ 11 ވަނަ ދުވަހު ފައްސިވެފައެވެ.

އަދި އެރަށުުގައި ބަލި ފެތުރިފައިވާ ކަމަށް ބަލައި އިއްޔެ އެރަށުން ނެގި 98 ރެންޑަމް ސާމްޕަލްގެ ތެރެއިން އިއްޔެ 19 މީހަކު ފައްސިވިއިރު، މިއަދު ވަނީ 8 މީހަކު ފައްސިވެފައެވެ.

އެރަށުން މިހާރު ވަނީ ޖުމްލަ 32 މީހަކު ފައްސިވެފައެވެ.

ފަހަކަށް އައިސް ރިސޯޓުތަކުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!