ނިލަންދުއަށް ފަތުރުވެރިން އެރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ

ފ. ނިލަންދުއަށް ފަތުރުވެރިން އެރުމާ ދެކޮޅަށް އެރަށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
އެރަށު ކައުންސިލް އިދާރާ ކުރިމަތީ ކުރަމުން އަންނަ މުޒާހަރާ ފަށާފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ.
މުޒާހަރާގެ ބައިވެރިން އަންނަނީ ރަށްރަށުގައި ގެސްޓު ހައުސް ހިންގުމަށް ހުއްދަ ދިނުމަށް ސަރުކާރުން ކަނޑައަޅާފައި އޮތް އުސޫލު އޮތީ ރަށް ރަށުގައި ކޮވިޑް ފެތުރޭ ގޮތަށް ކަމަށް ބުނެ އެ އުސޫލު އިސްލާހު ކުރުމަށް ގޮވާލަމުންނެވެ.
އަދި ނިލަންދުއަކީ ފާފު އަތޮޅުގެ އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ގިނަ ހިދުމަތްތަކެއް ހޯދުމަށް އަންނަ ރަށެއް ކަމުން، އެހެން ރަށްރަށުގެ ރައްޔިތުންނަށް އެރަށަށް ނުދެވޭ ގޮތަށް ފަތުރުވެރިން އެރަށަށް ގެނައުމަށް ވެސް މުޒާހަރާ ގެ ބައިވެރިން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ގެސްޓު ހައުސް ވިޔަފާރީގެ އުސޫލުގައި ބުނާ ގޮތުންނަމަ، ގެސްޓު ހައުސް ހިންގާ ރަށަކަށް ދިއުމަށްފަހު އަލުން އެނބުރި ރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހެއެވެ.