އައިސްކްރީމް ތަށިތަކަކުން ކޮވިޑް ފެނި، ބޮޑު ބިރުވެރިކަމަކަށް

ޗައިނާގައި އުފެއްދި އައިސްކްރީމް ތަށިތަކަކުން ކޮވިޑް-1 ވައިރަސް ފެނި ބިރުވެރިކަން އިތުރުވެއްޖެއެވެ.
ޗައިނާގެ އިދާރާތަކުން ހޯދި ހޯދުމުން މިހާތަނަށް އިންފެކްޓުވެފައިވާ 4800 އަށް ވުރެ ގިނަ އައިސްކްރީމް ފޮށި ވަނީ ހޯދާފައެވެ. އަދި މީގެ ގިނަ އަދަދެއްގެ ތަށި ވިކިފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.
އައިސްކްރީމް ތަށިތަކުން ވައިރަސް ފެނުމާއެކު، އައިސްކްރީމް އުފެއްދި ފެކްޓަރީ ވަނީ ވަގުތީ ގޮތުން ބަންދުކޮށް ހުރިހާ މުވައްޒަފުން އެކަހެރިކޮށްފައެވެ. އަދި އައިސްކްރީމް ގަތް މީހުންނާއި ކެއި މީހުން ޓްރޭސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިހާތަނަށް ހޯދި ހޯދުން ތަކުން ދައްކާގޮތުގައި އައިސްކްރީމްތައް އިންފެކްޓުވާން މެދުވެރިވީ އެއަށް އެޅި ކިރު އިންފެކްޓުވެފައި ހުރުމުގެ ސަބަބުންނެވެ. އެކިރަކީ ނިއުޒީލެންޑުން އެތެރެކުރި ކިރެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އައިސްކްރީމްގައި ކޮވިޑް ވައިރަސް ހަރުލައި އެހާ ގިނަ ދުވަހު ހުރީ އޭގެ ފިނިކަމުގެ ސަބަބުންނެވެ. ފިނިތަންތަނުގައި ވައިރަސް ގިނަ ދުވަހު މަރުނުވެ، ހަރުލާ ހުރެއެވެ.
އައިސްކްރީމް އިން ވައިރަސް ފެނުމާއެކު ކާއެއްޗެއްހީގެ ޒަރީއާއިން ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު މުޅި ދުނިޔެއަށް ވަނީ ބޮޑުވެފައެވެ.
ތިއީ ވިޔަފާރިއެއް. ވީމާ ތީތި ފަސޭހައިން ޖެހޭނެ ހުރިހަގޮތެއްހަދާނެ