އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ބޭއްވުން ފަސްކޮށްފި
އަދާލަތު ޕާޓީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް އިންތިޚާބު ފަސްކޮށްފިއެވެ.
ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީން ބުނީ އެ ދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު ކަމަށާއި އެއިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ އެޕާޓީގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތައް ޕާޓީގެ އޮފީހަށް ހުށަހެޅުމަށެވެ.
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމްގެ ލިންކް: bit.ly/3rJzPzG
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރިކޯޑް ބެލުމަށް އެދޭ ފޯމްގެ ލިންކް: bit.ly/2WZfVmf
އެޕާޓީގެ ރައީސަކަށް ކުރިމަތިލުމަށްޓަކައި، ރައީސްގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތަކުގެ ތެރެއިން "ފިރިހެނަކަށް ވުން" އުނިކޮށް، އެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ދީފައެވެ.