ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމަށް އެޗްޕީއޭއިން ޕޯޓަލް އެއް ގާއިމްކޮށްފި
ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމަށް އެޗްޕީއޭއިން ޕޯޓަލް އެއް ގާއިމްކޮށްފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް މާދަމާ ހެނދުނު ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާނެއެވެ.
އެޗްއޯއީސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގައި ވެސް މިހާރު ވެކްސިން ޖަހަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ރަޖިސްޓްރީ ވާން އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ކުރިންވެސް އަޅުގަނޑުމެން އާންމުކޮށްފައިވާނެ އެންމެ ފުރަތަމަ ވެކްސިން ލިބޭއިރު ވެކްސިން ޖަހާނެ ކެޓަގަރީތައް. އެހެންވީމަ އޭގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ އަދި ހެލްތް ކެއާ ވޯކާސްގެ ގޮތުގައި ހިމެނޭ މީހުން ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ގޮތުގައި. އެހެންވީމަ މާދަމާ ރަޖިސްޓްރޭޝަން ހުޅުވާލާނީ މި ދާއިރާގެ މީހުންނަށް،" ނަޒްލާ ވިދާޅުވިއެވެ.
ހުރިހާ ސިއްހީ ހިދުމަތްތެރިން ވެސް ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ވުމަށް ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.