ޚަބަރު

އައިޖީއެމްއެޗުން ހެދި ކޯވިޑް ޓެސްޓް 2 ލައްކައަށްވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މިހާތަނަށް 200،000އަށް ވުރެ ގިނަ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓް ކޮށްފިއެވެ.

Ads by STELCO

އައިޖީއެމްއެޗްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިހާތަނަށް އެހޮސްޕިޓަލްގެ ލެބޯޓަރީން 203450 ސާމްޕަލް ކޯވިޑް 19 އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

އައި.ޖީ.އެމް.އެޗުގައި ކޯވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ. ނަމަވެސް މިހާރު އެ ޢަދަދު ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓަށް ވަނީ އިތުރު ކޮށްފައެވެ. އައިޖީއެމްއެޗްގެ އިތުރަށް އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރަށް ރާއްޖެގެ އެކި ކަންކޮޅުތަކުން ވަނީ ކޯވިޑް އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ރާއްޖެއިން ކޯވިޑް-19ފެނުނުތާ 316 ދުވަސް މިހާރު ވަނީ ހަމަވެފައެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 13,540 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 49 އެވެހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 69 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 14 ހާހަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!