ދުނިޔެ

އިންޑިއާއިން ބަނގްލަދޭޝްއަށް 2 މިލިއަން ޑޯޒްގެ ކޮވިޑް-19 ވެކްސިން ހަދިޔާ ކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިންޑިއާ އިން ތައްޔާރު ކުރަމުންދާ ވެކްސިންގެ ތެރެއިން 2 މިލިޔަން ޑޯޒް ވެކްސިން ބަނގްލަދޭޝްއަށް ދިނުމަށް ނިންމައިފިއެވެ.

Ads by WAMCO

"އިންޑިއަން އެކްސްޕްރެސް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާއިން ބަނގްލަދޭޝްއަށް 2 މިލިޔަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވެއެވެ. އަދި މިއީ އެޤައުމުން ގެންގުޅޭ، "ފުރަތަމަ އަވައްޓެރިޔާ" ގެ ސިޔާސަތުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ވެކްސިން ޝިޕްމެންޓެއް ކަމަށް ވެސް ބުނެފައި ވެއެވެ. އިންޑިއާއިން ހަދިޔާ ކުރާ ވެކްސިން ޝިޕްމަންޓް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒުރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް އެނޫހުގައި ބުނެފައިވެއެވެ. އަދި ވެކްސިން ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކަމަށް ޚާއްސަ ފްލައިޓަކުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިއާއިން ބަނގްލަދޭޝްއަށް ހަދިޔާ ކުރުމަށް ނިންމާފައިވަނީ އޮކްސްފޯޑްއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.

މީގެ އިތުރުން ބަނގްލަދޭޝްގެ ކުންފުންޏެއް ކަމަށްވާ، ބެކްޒިމްކޯ ފާމަސޫޓިކަލްސްއާއި، ބަނގްލަދޭޝްގެ ސަރުކާރާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަނީ، ކޮވިޝީލްޑްގެ 30 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމެއް ވެސް އެކުލަވާލާފައެވެ.

ބަނގްލަދޭޝްގައި މިހާތަނަށް 529,031 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު، މިބަލީގައި 7,942 މީހަކު ވަނީ މަރުވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!