ދުނިޔެ

ކޮވިޑް-19ގެ ސަބަބުން ބްރެޒިލްގައި އޮކްސިޖަން ހޯދަން އެތައް ބަޔަކު ކިޔޫ ދަމާލާފައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބްރެޒިލްގެ އަވަށެއް ކަމަށްވާ މަނާއުސްއަށް ކޮވިޑް-19ގެ އިތުރު ބިޔަ އެހެން ރާޅެއް ބިންދާލާ އެއަވަށުގެ އެތައް ބަޔަކު އޮކްސިޖަން ހޯދުމަށްޓަކައި، އޮކްސިޖަން ވިއްކާ ފިހާރައެއްގެ ގާތުގައި ކިޔޫ ދަމާލައިފިއެވެ.

Ads by Sosun Fihaara

ބްރެޒިލްގައި ކޮވިޑް-19އަށް ފައްސިވާ މީހުންނަށް ފުރިހަމަ ފަރުވާ ނުލިބޭ ކަމަށާއި އަދި އެހެން ވުމުގެ ސަބަބުން ގިނަ ބަޔަކު ގޭގައި އަމިއްލައަށް ފަރުވާ ހޯދަމުންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި އެހެންވުމުގެ ސަބަބުން އޮކްސިޖަން ގަތުމަށްޓަކައި އެ ފިހާރަ ދޮށުގައި ގިނަ އިރުތަކެއް ވަންދެން އެތައް ބަޔަކު ކިއޫ ހަދައިގެން ތިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަވަށުގައި ކޮންމެ ގެއަކުން ވެސް މަދުވެގެން އެއް މެންބަރަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އަދި މީގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ހޮސްޕިޓަލަށް ގެންދިއުމަކީ އެމީހަކު މާ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމެކެވެ.

މީގެ ކުރިން ވެސް ކޮވިޑް-19އަށް އެއަވަށުގެ އެތައް ބަޔަކު ފައްސިވެފައިވާއިރު، މިހާތަނަށް ބްރެޒިލްއިން ވަނީ ދެލައްކަ އަށްވުރެ ގިނަ މީހުން މިބައްޔަށް ފައްސި ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!