ލުއި ޚަބަރު

ޑެލިވަރ ކުރަން ގެނައި ކާއެއްޗެހި މިފަހަރު ކެއީ ޑެލިވަރީ ބޯއީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލަންޑަންގެ އަވަށެއް ކަމަށްވާ ކެންޓިޝް ޓައުންގައި ދިރިއުޅޭ އަންހެނަކު އޭނާ ކެއުމަށް މެކް ޑޮނަލްޑުން ކާ އެއްޗެހި އޯޑަރު ކުރުމުން، ޑެލިވަރީ ކުރަން އައި މީހާ އެ ކާއެއްޗެހި ކާ މަންޒަރެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

Ads by MWSC

ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި މި މީހާ ކާއެއްޗެއްސަށް އޯޑަރުދީގެން މަޑުކޮށްގެން އިންނަތާ އެތައް އިރެއް ފަހުން ކުޑަ ދޮރުން ބޭރު ބަލައިލި ވަގުތު، ކާނާ ހަވާލު ކުރަން އައި މީހާ ، ޑެލިވަރީ ކުރި އެއްޗެހި ކާން އިންމަންޒަރު ފެނުމުން އެ މީހާގެ ބޭބެ އެ ވީޑިއޯ ކުރުމަށް ފަހު ޓުވިޓާގައި ވަނީ އާންމުކޮށްފައެވެ.

މީގެ އިތުރުން އެމީހާ އެހެން ކަންތައް ކުރީ ކޮން ސަބަބަކާ ހުރެކަމެއް އަދި އެނގިފައި ނުވާއިރު، އެ ވިީޑިއޯއާ ގުޅިގެން އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އަދި މި މައްސަލަ ވަރަށް ހަރުކަށި ގޮތަކަށް ބަލަމުން އަންނަ ކަމަށާއި، މި މައްސަލައިގެ އެންމެ ފުނަށް ދާން ބޭނުން ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!