ޚަބަރު

ރާއްޖެއަށް އެތެރެ ކުރި ވެކްސިން އުފެއްދި ކުންފުނީގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖެއަށް އެތެރެ ކުރި ވެކްސިން އުފެއްދި ކުންފުނި، އިންޑިއާގެ ސެރަމް އިންސިޓިއުޓްގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by MWSC

ސެރަމް އިންސިޓިއުޓް އޮފް އިންޑިއާއަކީ ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

އެކުންފުނިން ބުނެފައިވަނީ އަލިފާނުގެ ހިދިސާ ހިނގިނަމަވެސް، ކޮވިޑް-19 ވެކްސިން އުފައްދާ ރޭޓަށް ބަދަލު ނާންނާނެ ކަމަށެވެ.

އިއްޔެ ރާއްޖެއަށް ވަނީ އެކުންފުނިން އުފައްދާފައިވާ 100،000 ޑޯޒްގެ ވެކްސިން އެތެރެކޮށްފައެވެ.

ރޯވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ އިމާރާތެއްގެ 2 ވަަނަ ފަންގިފިލާގައެވެ.

މިކަމާ ގުޅިގެން އެ އަވަށުގެ މޭޔަރު ވިދާޅުވީ، އަލިފާން ރޯވެގެން އުޅޭ ކަމުގެ ޚަބަރު ލިބުނީ، މިއަދު މެންދުރު 2:50 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވީހާވެސް އަވަހަށް ފަށައިފާވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!