ކޮވިޑް-19: ރާއްޖެއިން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު އަައިޖީއެމްއެޗް ގެ އެމަޖެންސީ ރޫމަށް ގެންދިޔައިރު ވެސް އޭނާ ހަރަކާތެއް ނުކުރާ ކަމަށާއި އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައެޅީ މިއަދު ހެނދުނު 10:14 ގައި ކަމަށެވެ.
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 50 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون