ލައިފްސްޓައިލް

21-01-21 : މި ރީތި ތާރީޚްގައި ކައިވެނި ކުރީ ކޮންބައެއް؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޖަވާޒީ ހަޔާތެއް ފެށުމުގެ ކުރިން ކޮންމެ މީހަކު ވެސް އެތައް ކަމަކާ ދޭތެރޭ ވިސްނާނެ ކަން ޔަގީނެވެ. އަދި ކައިވެނި ކުރަން ނިންމުމުގެ ކުރިން އެތައް ކަމަކަށް ރިއާޔަތް ކުރާނެ ކަން ވެސް ޔަގީނެވެ. އެގޮތުން މި ޒަމާނުގައި ކައިވެނި ކުރާ ތާރީހު ނުވަތަ ރީތި ތާރީޚެއްގައި ކައިވެނި ކުރުމަކީ ގިނަ ބަޔަކު އިސްކަންދޭ ކަމަކަށް މިވަނީ ވެފައެވެ.

Ads by STELCO

ފާއިތުވެދިޔަ 2020 ވަަނަ އަހަރު ވެސް އެތައް ރީތި ތާރީހެއް އަޅުގަނޑުމެންނާ ބައްދަލު ކުރިއެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ތާރީހުތަކުގައި ކައިވެނި ކުރުމުގެ ނަސީބު ބައެއް ފަރާތްތަކަަށް ނުލިބުނެވެ. ދަތި އުނދަގޫ އެތައް ކަމެއް ކުރިމަތިވި ވިހިވިހި ވެސް އަޅުގަނޑުމެންނާ މިވަނީ އަލްވަދާއު ކިޔާފައެެވެ.

މި ހިނގާ 2021 ވަނަ އަަހަރު ވެސް އަޅުގަނޑުމެންނާ އެތައް ރީތި ތާރީހުތަކެއް ބައްދަލު ކުރާނެއެވެ. އެގޮތުން މިއަހަރު ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވެ ރީތި ތާރީހެއް އަޅުގަނޑުމެންނާ މިއަދު މިވަނީ ބައްދަލު ކޮށްފައެވެ. މިއަދު ތާރީހު 21-01-21އަކީ ވަރަށް ރީތި ތާރީހެކެވެ. އަދި މި ތާރީހުގައި ރާއްޖޭގައި ވެސް އެތައް ކައިވެންޏެއް ކުރެވިފައިވެއެވެ. ހެނދުނުގެ ވަގުތު ފެމިލީ ކޯޓު ކައިރީގައި ވެސް އެތައް ބަޔަކު އުޅުނު މަންޒަރު ފެނިގެން ދިޔައެވެ. އެގޮތުން ފަންސާހަށްވުރެ ގިނަ ކައިވެނި މާލޭގައި މިއަދު ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ކައިވެނި ކުރި ފަރާތަކުން "ދެން"އާ ވާހަކަ ދައްކަމުން ބުނީ އޭނާ އެންމެ ކުރިން ކައިވެނި ކުރަން ނިންމާފައި އޮތީ މިިދިޔަ އަހަރުގައި ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން އެތައް ކަމެއް ދިމާވެ ކައިވެނި ނުކުރެވުނީ ކަމަށާއި އެހެންކަމުން ނިންމީ 2021 އަށް ކައިވެނި ފަސް ކުރުމަށް ކަމަށެވެ. އަދި މިފަދަ ރީތި ތާރީހެއް އަހަރު ކުރީކޮޅު ބައްދަލު ކުރާތީ މި ތާރީހުގައި ކައިވެނި ކުރަން ނިންމީ ކަމުގައި އޭނާ ބުންޏެވެ.

ހަގީގަތުގައި ރީތި ތާރީހެއްގައި ކައިވެނި ކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެހެން ނަމަވެސް ރީތި ތާރީހެއްގައި ކުރާ ކައިވެނިތައް ރީތި ނުވެ ހަޑިކޮށް ނިމިގެންދާ ކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ. އެހެންކަމުން ރީތި ތާރީޚްތަކުގައި ކުރާ ކައިވެނިތައް ރީތި ގޮތުގައި ކުރިއަށް ގެންދިޔުމަކީ އެންމެ އިސްކަންދޭން ޖެހޭ ކަމަށް ހަދަން ޖެހެއެވެ. އެހެން ނޫނީ އެއީ މާނައެއް އޮތް ކަމެއް ނޫނެވެ.

ދުއާ އަކީ މިއަދު ކައިވެނި ކުރި ހުރިހާ ފަރާތްތަކަށް ވެސް އުފާވެރި ދިރިއުޅުމެއް މިންވަރު ކުރެއްވުމެވެ.

Ads by HDC
  1. ޜޭށަމް

    މި ރީތިި ތާރިހުގައިި 53 ކައިވެނި ކޮއަފައިީ ވާާ ކަމައްް ތަފާތުުު އެކިި މަންސާާ ތަކުންް އަޑުު އިވޭޭ.