ދުނިޔެ

ލަންކާގައި އޮކްސްފޯޑް ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގައި އޮކްސްފޯޑް ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފިއެވެ.

Ads by Sosun Fihaara

އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފައިވަނީ ސްރީލަންކާގެ ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީންނެވެ. އޮކްސްފޯޑް ވެކްސިންގެ އިތުރުން އެހެން ވެކްސިންތަކަށް ވެސް ހުއްދަދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ހެލްތު ސާވިސަސް ޑރ. ހިމަންތާ ހެރަތު ވަނީ ވެކްސިނަށް ހުއްދަ ދިން ކަމުގައިވީ ނަމަވެސް ވެކްސިން ދޭން ފެށުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއީ ސްރީލަންކާ އިން އިމަޖެންސީ ހުއްދަ ދީފައިވާ ފުރަތަމަ ވެކްސިންއެވެ. ލަންކާގެ ފްރައިމަރީ ހެލްތް ކެއަރ ގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ މަހުގެ ތެރޭގައި މި ވެކްސިން ސްރީލަންކާއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދަކީ އާބާދީގެ 50 އިންސައްތަ މީހުންނަށް ވެކްސިން ދިނުން ކަމަށެވެ.

ސްރީލަންކާއިން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވަނީ 56،863 މީހުންނެވެ. ކޮވިޑް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 278 އަށް އަރާއިރު، ބަލިން ރަނގަޅުވެފައިވަނީ 48،617 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!