ޚަބަރު

ކޮވިޑް-19: މީރާގެ މުވައްޒަފެއް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

މީރާގެ މުވައްޒަފެއް ކޮވިޑަށް ފައްސި ވެފައިވާކަން އެމުއައްސަސާގެ ތަރުޖަމާނު އަޙުމަދު ޝަރީފު ވަނީ "ދެން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޝަރީފު ވިދާޅުވީ ކޮވިޑަށް ފައްސި ވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވުމުގެ ސަބަބުން، މީރާގެ މުވައްޒަފެއް ވެސް ބައްޔަށް ފައްސި ވެފައިވާކަން މިއަދު އެނގިފައިވާ ކަމަށެވެ.

"ފައްސި ވެފައިވަނީ ސީދާ ކަސްޓަމަރުންނަށް ޑީލްކުރާ އޭރިއާގެ ސްޓާފެއް ނޫން. އަޅުގަނޑުމެން އެޗްޕީއޭ ގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް މިގެންދަނީ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މީރާއިން ފައްސިވެފައި ވަނީ އެތަނުގެ ފިރިހެން މުވައްޒިފެކެވެ. އެމީހާއާއި އޭނާއާ ކޮންޓެކްޓްވި އެހެން މުވައްޒަފުން ވެސް މިވަގުތު ތިބީ ހޯމް ކަރަންޓީނު ކޮށްފައި ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މީރާއިން ފައްސިވީ މުވައްޒަފު ޓެސްޓު ހަދާފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި ޓެސްޓު ކުރީ ފައްސިވީ އެހެން މީހަކާ ކޮންމެވެސް ގޮތަކަށް އެމުވައްޒަފު ކޮންޓެކްޓުވިކަން ފާހަގަ ކުރެވިގެން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

"ކޮންޓެކްޓް ޓްރޭސިންގެއްގެ ދަށުން އައިޑެންޓިފައި ކުރެވިގެން ޓެސްޓު ހެދީ. ހަދާފަ، މިއަދު ނަތީޖާ ލިބިގެން އެނގުނީ ފައްސިކަން" ޝަރީފު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!