ޚަބަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ހަލަބޮލި ކޮޅަށް ގިނަ ގޯލްތަކެއް ޖަހާ އޯވަންއޯ އިން ދެވަނަ ބުރާއި ގާތަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި އޯވަންއޯ އިން ކުޅުނު ދެވަނަ މެޗު ވެސް އެޓީމުން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ގާތްގަނޑަކަށް ކަށަވަރު ކޮށްފިއެވެ.

Ads by STELCO

މިރޭ އަށެއް ޖެހި އިރު ހަލަބޮލި އާއި އޯވަންއޯ ބައްދަލު ކުރި މެޗު އެޓީމުން ކާމިޔާބު ކުރީ 13-0ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. އަދި މި މޮޅާއެކު އެޓީމަށް ދެވަނަ ބުރާއި ގާތަށް ޖެހިލެވެނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗުގައި އޯވަންއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން އެޓީމުގެ ދެ ކުޅުންތެރިއަކު ވަނީ މިރޭގެ މެޗުގައި ހެޓްރިކް ވެސް ފުރިހަމަ ކޮށްފައެވެ. އެ ދެ ކުޅުންތެރިންނަކީ ޖުމައިލް ޖަމީލާއި މުހައްމަދު އިމްރާނެވެ. އަދި އިސްމާއިލް މުނީޒް އާއި އިބްރާހިމް ހަމްދާން އަލީ ޝިފާއު (ރޮނާ) ވަނީ މި މެޗުގައި ދެ ގޯލް ޖަހާފައެވެ. އަދި އިބްރާހިމް އަސްވަދު (ގަބޭ)ގެ ފަރާތުން ވެސް މިރޭގެ މެޗުގައި ފެނިގެން ދިޔައީ މޮޅު ކުޅުމެކެވެ..

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އޯވަން އޯގެ އަލީ ޝިފާއު (ރޮނާ) އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!