ޚަބަރު

ކައިވެނި ޕާޓީ ކްލަސްޓަރ: 103 މީހުން ކޮވިޑަށް ފައްސިވެ، އެއް މަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން

ނިމިދިޔަ ޑިސެމްބަރު މަހު ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ޕާޓީން އުފެދުނު ކްލަސްޓާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 103 އަށް އަރައި، އެކްލަސްޓަރ އިން އެކަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި އެކައިވެނި ޕާޓީއަށް 120 މީހުން ގޮސްފައިވެއެވެ. ނަމަވެސް ޕާޓީއަށް ދިޔަ އެންމެންނަކީ ކޮވިޑަށް ފައްސި މީހުން ނޫން ކަމަށާއި، އެ ކްލަސްޓަރ ބޮޑުވީ ޕާޓީން ބަލި ޖެހުނު މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި، ޕާޓީ އަށް ނުދާ މީހުންގެ ފަރާތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ކައިވެނި ކްލަސްޓަރ އިން ފައްސިވެ ބަލިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 89 އަށް އަރާފައެވެ. ބަލިން ރަނގަޅު ނުވެ ތިބީ 13 މީހުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކައިވެނި ކްލަސްޓަރ އިން ފައްސިވީ މީހުންގެ ތެރެއިން މީހަކު ނިޔާވެފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!