"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖް: ޕާކް ބޯއީސް ބަލިކޮށް ރެމްޕޭޖުގެ މިސްރާބު ދެވަނަ ބުރަށް
"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ޕާކް ބޯއީސް އާއި ރެމްޕޭޖް ވާދަކުރި މެޗު 3-2ގެ ނަތީޖާ އަކުން ރެމްޕޭޖުން ކާމިޔާބު ކޮށްފިއެވެ.
މި މޮޅާއެކު ރެމްޕޭޖުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ވަނީ ކަށަވަރު ކޮށްފައެވެ. މުބާރާތުގެ އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ހަލަބޮލިއާ ދެކޮޅަށް އެޓީމުން ވަނީ 3-2ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. އެހެން ކަމުން މިއަދުގެ މޮޅާއެކު އެޓީމަށް ވަނީ ޖުމުލަ 6 ޕޮއިންޓު ލިބިފައެވެ. ގުރޫޕް އޭގެ ދެވަނައިގައި ރެމްޕޭޖް އޮތްއިރު އެއްވަނައިގައި އޯވަންއޯ އޮތީ ގޯލްގެ ތަފާތުންނެވެ.
މުބާރާތުގެ ޕާކް ބޯއީސް ކުޅުނު ފުރަތަމަ މެޗުން ވެސް އެޓީމް ވީ ބައްޔެވެ. އެއީ މުބާރާތް ފެށުމުގެ ގޮތުން އޯވަންއޯ އާއި ޕާކްބޯއީސް ކުޅުނު މެޗެެވެ.އެ މެޗު ނިމިގެން ދިޔައީ 9-2އަކުން އޯވަންއޯ މޮޅުވެގެންނެވެ.
މިއަދުގެ މެޗުގައި ރެމްޕޭޖަށް ގޯލްތައް ޖަހައިދިން ކުޅުންތެރިންނަކީ އަހުމަދު ވިޖުދާން، ޝިފާޒް އާދިލް އަދި ޖުމާންއެވެ. އަދި ޕާކްބޯއީސްގެ ދެގޯލް ވެސް ކާމިޔާބު ކުރީ އަހްމަދު ޝައިހާން ޖަލީލެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެމްޕޭޖްގެ ޖާރޒީ ނަންބަރު 15 ޝިފާޒް އާދިލެވެ.
މި މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ.
20:00ގައި މެންޗެސްޓަރ ޔުނައިޓެޑް ސަޕޯރޓާސް ކްލަބް އެމްވީ ވާދަކުރާނީ ނަމުރު އެފްސީއާއެވެ. އަދި 21:00ގައި ކޭއެޗް ޔުނައިޓެޑް އާއި މަސްއޮޑި އެސްސީގެ ގަދަހިފުމެއް އޮންނާނެއެވެ. އަދި 22:00ގައި ބޫޗީސް އާއި ބުރު އެސްސީގެ ކުރިމަތިލުމެއް އޮންނައިރު، 23:00ގަައި އޮންނާނީ ޑީސީ އެވެންޖާރސް އާއި ޒެޕޯ ވާދަކުރާ ފޯރިގަދަ މެޗެކެެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.
ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ