ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ނަމުރު އެފްސީ ބަލިކޮށް އެމްޔޫއެސްސީއިން އުއްމީދު އައު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިރޭ ނަމުރު އެފްސީ އާއި މެންޗެސްޓާރ ޔުނައިޓެޑް ސަޕޯޓާސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީ) ބައްދަލު ކުރި މެޗު އެމްޔޫއެސްސީއިން ކާމިޔާބުކޮށް 4 ޕޮއިންޓު ހޯދާ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އައު ކޮށްފިއެވެ. އެމްޔޫއެސްސީ އިން މި މެޗު ކާމިޔާބު ކުރީ 5-0ގެ ނަތީޖާ އަކުންނެވެ.

Ads by STELCO

މިރޭގެ މެޗުގެ ކުރިން ނަމުރު އެފްސީ އަދި އެމްޔޫއެސްސީ ވެސް ވަނީ އެއް މެޗު ކުޅެފައެވެ. އެގޮތުން ނަމުރު އެފްސީ ވަނީ އެޓީމުގެ ފުރަތަމަ މެޗުން އާންދޯ އަތުން 1-0ގެ ނަތީޖާ އަކުން ބަލިވެފައެވެ. އަދި އެމްޔޫއެސްސީގެ ފުރަތަމަ މެޗު ޒެފިއާއާ ވާދަކޮށް ވީ 4-4 އިން އެއްވަރެވެ.

އެމްޔޫއެސްސީގެ ފަރާތުން މިރޭގެ މެޗުގައި ފެނިގެން ދިޔައީ އެޓޭކިންގ ކުޅުމެކެވެ. މިރޭގެ މެޗުގައި އެމްޔޫއެސްސީގެ އަލީ ޝަމާލް އަބްދުﷲ އަދި އަބްދުﷲ ތަހުސީންގެ ފަރާތުން ދެ ގޯލް ފެނިގެން ދިޔައެވެ. މި ދެކުޅުންތެރިންގެ އިތުރުން އެޓީމުން ގޯލް ޖެހީ އަލީ ސިނާހުއެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ދެގޯލް ކާމިޔާބު ކުރި އެމްޔޫއެސްސީގެ ޖާރޒީ ނަންބަރު 9 އަބްދުﷲ ތަހުސީން އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!